ސޫދާނާއި މިސްރާއި ދެމެދު އޮތް، އެއްވެސް ގައުމަކުން ބަލައިގެންފައިނެތް 800 އަކަ މޭލުގެ ޝަހަރަކަށް އިންޑިޔާގެ ރައްޔިތަކު ދަތުރުކޮށް އެ ޝަހަރުގައި އޭނަގެ ރަސްކަން އިއުލާނުކޮށްފިއެވެ.
ބިރ ތަވިލްގެ ނަމުން ނަންދެވިފައިވާ މި ޝަހަރުގައި ސުޔޭޝް ޑިކްސިޓް ރަސްކަން އިއުލާނުކޮށް އޭނަގެ ގައުމަށް ކިންގްޑަމް އޮފް ދިކްސިތްގެ ނަމުން ވަނީ ނަންދީފައެވެ. އަދި އޭނަގެ ނަން "ރަސްގެފާނު ޑިކްސިޓް އެކެއް" އަށް ބަދަލުކޮށްފައިވާކަންވެސް އޭނަ ވަނީ އިއުލާނުކޮށްފައެވެ. ބިރ ތަވިލްގައި ރަސްކަން އިއުލާނުކޮށް ޑިކްސިޓް ވަނީ އޭނަގެ ދިދަ އެތަނުގައި ޖަހައި ގަހެއްގެ އޮށެއް ބިމުގައި އިންދާފައެެވެ.
ޑިކްސިޓް ވަނީ އޭނަގެ ގައުމުގައި ރަށްވެހިވުމަށް އާމުންނަށް ފުރުސަތު ހުޅުވާލާފައެވެ. އަދި އޭނަގެ ގައުމުގައި ވިޔަފާރިކުރުމަށް އިންވެސްޓަރުންނަށް ދައުވަތުވެސް ވަނީ ދީފައެވެ. އޭނާ ބުނެފައިވާގޮތުގައި މިކަމާއި ގުޅޭގޮތުން އދ އަށް އޭނަ އީމެއިލް އެއް ކުރާނެއެވެ.
އަރަބި ބަހުގައި "ބިރ ތަވިލް"ގެ މާނައަކީ "ފުން ވަޅު" އެވެ. ސޫދާނާއި މިސްރުންވެސް މި 800 އަކަ މޭލުގެ މިލްކުވެރިކަން ބޭނުމެއް ނުވެއެވެ. ބިރް ތަވިލް އަކީ ދުނިޔޭގައި އިންސާނުން ދިރިއުޅުމުގެ ގާބިލްކަން އޮވެ، މިލްކުވެރިއަކު ނެތް ހަމައެކަނި ބިމެވެ.
މީގެ ކުރިން ރަޝިޔާގެ ރައްޔިތަކާއި އެމެރިކާގެ ރައްޔިތަކު ވެސް ވަނީ ބިރް ތަވިލްގައި އެމީހުންގެ ވެރިކަން އިއުލާނުކޮށްފައެވެ. އދ ގެ ގާނޫނު ބުނާގޮތުން ދައުލަތެއް ގާއިމްކުރަން ދާއިމީކޮށް ވަޒަންވެރިފެފައިވާ އާބާދީއަކާއި، އިން ކަނޑައެޅިފައިވާ ބިމަކާއި، ސަރުކާރެއްގެ އިތުރުން އެހެން ދައުލަތްތަކާޢި ގުޅުން ގާއިމްކުރުމުގެ ގާބިލްކަން ބޭނުންވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް