ބައިނަލްއަގުވާމީ މީޑިއާތަކުން މުގާބޭ ސިފަކުރަމުން ދަނީ ޑިކްޓޭޓަރެއް ނުވަތަ ޙުދުމުޚްތާރު ވެރިއެއްގެ ގޮތުގައެވެ. ތެދެކެވެ. ރޮބަރޓް މުގާބޭ ވަނީ 1980 އިން ފެށިގެން އިހަކަށްދުވަހާއި ޖެހެންދެން އެގައުމުގަ ވެރިކަންކޮށްފައެވެ. މުގާބޭ އާއި ބެހޭ ގޮތުން އާންމުކޮށް ނުދައްކާ ވާހަކަ.
މުގާބޭ އަކީ އެ ގައުމު މިނިވަންކުރި ގައުމީ ބަޠަލެއް
މުގާބޭ އަކީ ޒިމްބާބްވޭގެ މިނިވަންކަމަށް މަސައްކަތްކުރެއްވި ގައުމީ ބަޠަލެކެވެ. ޒިމްބާބްވޭގެ މިނިވަންކަން ހޯދުމަށް ކުރެއްވި މަސައްކަތުގައި އޭނާ ވަނީ ދިހަ އަހަރު ޖަލުގައި ހޭދަ ކުރައްވާފައެވެ.
ދުނިޔޭގެ އެންމެ ތަޢުލީމީ ލީޑަރަކީ މުގާބޭ
މުގާބާ ވަނީ ތަފާތު ހަތް ޑިގްރީ އެއް ހާސިލްކުރައްވާފައެވެ. މީގެ ތެރޭގައި ޔުނިވަރސިޓީ އޮފް ލަންޑަންގެ ޑިގްރީއަކާއި ޔުނިވަރސިޓީ އޮފް ސައުތު އެފްރިކާގެ ޑިގްރީއެއް ހިމެނެއެވެ. މުގާބޭ ޑިގްރީ ހާސިލްކުރެއްވި ދާއިރާތަކުގެ ތެރޭގައި ތައުލީމީ ދާއިރާ، އިކޮނަމިކްސް އަދި ގާނޫނީ ދާއިރާ ހިމެނެއެވެ. މީގެ ތެރެއިން ބެޗްލަރ އޮފް ސައިންސް ބެޗްލަރ އޮފް ލޯސް، މާސްޓާރ އޮފް ސައިންސް އަދި މާސްޓަރ އޮފް ލޯ ހާސިލްކުރެއްވީ ޔުނިވަރސިޓީ އޮފް ލަންޑަންގެ އެކްސްޓަރނަލް ޕްރޮގްރާމްގެ ތެރެއިންނެވެ. ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ އާއި މާސްޓަރސް ޑިގްރީ ހާސިލްކުރެއްވީ ޖަލުގައި ހުންނެވި ދުވަސްވަރުއެވެ. މީގެ އިތުރުން އޮނަރަރީ 14 ޑިގްރީއެއް މުގާބޭ އަށް ވަނީ ލިބިވަޑައިގެންފައެވެ. އޭގެތެރެއިން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއަކުންނާއި އެމެރިކާގެ ދެ ޔުނިވަރސިޓީއަކުން ދެއްވި ދެ ޑިގްރީ އެއް ވަނީ އަނބުރާ ގެންދަވާފައެވެ.
މުގާބޭ އަކީ ކުރީގެ ޓީޗަރެއް
ބުގާބޭ ވަނީ ކޮލެޖް ކުދިންނަށް ކިޔަވާދެއްވާފައެވެ. އަދި ކިޔަވާދެއްވަމުން ވެސް އެމަނުކުފާނު ގެންދެވީ އަމިއްލަފުޅަށް ކިޔަވާ ވިދާޅުވަމުންނެވެ.
ޒިމްބާބްވޭގެ ގިނަ ބަޔަކު އަދިވެސް އޭނައަށް ތާއީދުކުރޭ
ޒިމްބާބްވޭގައި ތައުލީމް ފުޅާކުރުމަށް ކުރި މަސައްކަތްތަކާއި ގައުމު މިނިވަންކުރުމަށް ކުރެއްވި މަސައްކަތްތަކާއިއެކު ޒިމްބާބްވޭގެ ގިނަ ބަޔަކު އަދިވެސް މުގާބޭ އަށް ތާއީދުކުރެއެވެ. މީގެ ތެރޭގައި ގިނައީ ރަށްފުށު ސަރަހައްދުތަކުގެ މީހުންނެވެ. މުގާބޭ އަށް ތާއީދުކޮށް ޒިމްބާބްވޭގެ އަންހެނަކު ލިޔެފައި ވަނީ " ތީ މުޅި ދުނިޔެއަށް ޑިކްޓޭޓަރަކަށް ވެދާނެއެވެ. އެހެނަސް ތީ އަހަރެންގެ ހީރޯއެވެ".
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް