ވާދޫގައި މަސްހިފަން ގޮސް އުޅުނުބަޔަކު މާވަހަރެއް ހޮވައިފި

ގދ. ވާދޫގައި މަސްހިފަން ގޮސް އުޅުނުބަޔަކު މާވަހަރެއް ހޮވައިފިއެވެ. ބަރުމިނުގައި 360 ގްރާމު ހުރި މި މާވަހަރު ހޮވާފައިވަނީ ވާދޫ ޖެޓީ ސަރަަހައްދުން 500 ފޫޓު ބޭރުންކަމަށް އެމާވަހަރު ހޮވި 3 މީހުންގެ ތެރެއި...

25 Nov 2015 | 15:48

ގދ. ވާދޫގައި މަސްހިފަން ގޮސް އުޅުނުބަޔަކު މާވަހަރެއް ހޮވައިފިއެވެ.

ބަރުމިނުގައި 360 ގްރާމު ހުރި މި މާވަހަރު ހޮވާފައިވަނީ ވާދޫ ޖެޓީ ސަރަަހައްދުން 500 ފޫޓު ބޭރުންކަމަށް އެމާވަހަރު ހޮވި 3 މީހުންގެ ތެރެއިން އެކަކު ދުވަސް ޑޮޓްއެމްވީއަށް ބުންޏެވެ.

" އެމާވަހަރު މިހާރުވަނީ މާލެ ގެންގޮސް ޓެސްޓުވެސްކޮއްފަ. އެއީ ކަޅުމާވަހަރެއް" މާވަހަރ ހޮވި 3މީހުންގެ ތެރޭގައި ހިމެނޭ ޢަލީ އިދުރީސް ބުންޏެވެ.

މި މާވަހަރު ހޮވާފައިވަނީ ގދ.ވާދޫ، ސަނީސައިޑް، ޝަހީދު އަލީ އާއި ހިރުނދުމާގެ، އަލީ އިދުރީސް އާއި ކ.ބޮޑު ހުރާ، ލަކީ ބީޗު، އިބްރާހިމް ނަސީމް އެވެ.

މާވަހަރު ވިއްކާލުމަށް ނިންމާފައިވާ އިރު، އެމީހުން ބުނީ އެވިއްކައިގެން ލިބޭ ފައިސާ 3 މީހުންނަށް ބަހަން ނިންމާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް