އުލިގަމުގައި ޢިމާރާތްކުރާ ކަސްޓަމްސް އޮފީހުގެ މަސައްކަތް ބަޔަކާއި ޙަވާލު ކޮއްފި

ހއ. އުލިގަމުގައި ހެދުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފީސް ޢިމާރާތް ކުރުމުގެ މަސައްކަތް ޕްރޮޕް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮއްފިއެވެ. މި މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައ...

25 Nov 2015 | 15:19

ހއ. އުލިގަމުގައި ހެދުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފީސް ޢިމާރާތް ކުރުމުގެ މަސައްކަތް ޕްރޮޕް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮއްފިއެވެ.

މި މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ކަސްޓަމްސްގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުޙަންމަދު ޖުނައިދު އެވެ. ޕްރޮޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލީ އަހުމަދު ނަޞީރެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް  އޮފް ކަސްޓަމްސް މުޙައްމަދު ޖުނައިދު ވިދާޅުވީ މިއެއްބަސްވުމުގެ މައިގަނޑު މަޤުސަދަކީ އުލިގަމަކީ މިހާރުވެސް ވަރަށް ގިނަ ޔޮޓް ފަހަރު މަޑުކޮށްލާ ރަށަކަށްވުމާއެކު، އަދި މިފަދަ އުޅަނދުފަހަރަށް ކަސްޓަމްސްގެ ފަރާތުން ދެމުންގެންދާ ޚިދުމަތަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮށް ދިނުމާއެކު  މަސައްކަތްކުރުމަށް ރަނގަޅު މާޙައުލެއް ޤާއިމްކޮށްދިނުންކަމަށެވެ.

އެ ޢިމާރާތަށް މީހުން ނެގުމުގައި އިސްކަންދޭނީ އުލިގަމު ރައްޔިތުންނަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޮފީސް ބައެއްގެ އިތުރުން މުވައްޒަފުންގެ އެކަމަޑޭޝަން ބައެއްވެސް ހިމެނޭ މި ޢިމާރާތަކީ 2015 ވަނަ އަހަރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ. 180 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވިފައިވާ މި ޕްރޮޖެކްޓްގެ ޖުމުލަ އަގަކީ 3.2 މިލިއަން ރުފިޔާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް