ފުވައްމުލަކުގައި 17 އަހަރުންދަށުގެ ކުދިންނަށް ހާއްސަ ފުޓްސަލް މުބާރާތެއް ބާއްވަނީ

އައިބޭ ކަޕްގެ ނަމުގައި 17 އަހަރުންދަށުގެ ކުދިންނަށް އަމާޒުކޮށްގެން ޏ. ފުވައްމުލަކު ދަޑިމަގު ފުޓްސަލް ދަނޑުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ. ދަޑިމަގު ފުޓްސަލް ދަނޑުގައި ބާއްވާ މިމު...

25 Nov 2015 | 14:51

އައިބޭ ކަޕްގެ ނަމުގައި 17 އަހަރުންދަށުގެ ކުދިންނަށް އަމާޒުކޮށްގެން ޏ. ފުވައްމުލަކު ދަޑިމަގު ފުޓްސަލް ދަނޑުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

ދަޑިމަގު ފުޓްސަލް ދަނޑުގައި ބާއްވާ މިމުބާރާތުގައި މިހާތަނަށް ހަ ޓީމަކުން ވަނީ ބައިވެރިވެފައިވާއިރު، މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ގްރޫޕްތަކަށް ޓީމުތައް ބަހާލައިގެން ސެމީ ފައިނަލް އަދި ފައިނަލް ކުޅޭ ގޮތަށެވެ.

މިމަހުގެ 28 އިން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފުވައްމުލަކުގެ 8 އަވަށުގެ ޓީމުތަކަށް ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މިމުބާރާތުގައި ކޮންމެ ޓީމަކަށްވެސް 18 އަހަރުގެ ދެކުޅުންތެރިއަކަށް ކުޅުމުގެ ފުރުސަތު ދޭގޮތަށް ހަމަޖެހިފައިވާއިރު، އެހެން އަވަށެއްގެ ދެ ކުޅުންތެރިން ކޮންމެ ޓީމެއްގައި ވެސް ހިމެނުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދެއެވެ.

މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ވެސް ޓްރޮފީ ސެޓްފިކެޓް އަދި މެޑެލް ދެގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށާއި، ފެއަރ ޕްލޭ ޓީމަށް، އަދި ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔާއަށް ވެސް ޓްރޮފީއެއް ހުށަހެޅިފައިވެއެވެ. އަދި މުބާރާތުގައި އެންމެ ގިނަ ގޯލުޖަހާ ކުޅުންތެރިއަކަށް ރަން ބޫޓެއްވެސް ވަނީ ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފީނިކްސް ޒޯން އިން ލިބެން ހުންނާނެ އެވެ. މި މުބާރާތުގައި ބައިވެރިވެވޭނެ ސުންގަޑިއަކީ މާދަމާ 18:00 އެވެ. އަދި 9979779 އަށް ގުޅުމުން އިތުރު މައުލޫމާތު ލިބިގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް