ސަރުކާރު އޮފީސް އަދި ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވާ ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ އަންނަ އަހަރުގެ މުބާރާތް މާޗު މަހު ބާއްވާ ގޮތަށް ނިންމައިފި އެވެ.
މިމުބާރާތް ފަށާނެ ތާރީހެއް ގޮޮތުގައި އިންތިޒާމީ ކޮމިޓީން ނިންމާފައިވަނީ މާޗް މަހުގެ 4 ވަނަ ދުވަހެވެ.
އަންނަ އަހަރުގެ މުބާރާތުގައި 36 ޓީމުގެ ބަދަލުގައި 32 ޓީމަށް ޖާގަ ދޭގޮތަށް ހަމަޖެހިފައިވާއިރު، ބައިވެރިކުރާ ޓީމުގެ އަދަދު މަދުކުރަނީ މުބާރާތުގެ ފޯމެޓަށް ފަސޭހަ ބަދަލުތަކެއް ގެނައުމަށް ކަމަށް ކްލަބު މޯލްޑިވްސްއިން ބުނެއެވެ.
މިމުބާރާތުގެ އަންހެން ބައި 18/30 ފުޓްސަލް ފިއެސްޓާގައި 16 ޓީމު ބައިވެރިކުރުމުގެ ވިސްނުމެއް ކްލަބު މޯލްޑިވްސްއިން ގެންގުޅެއެވެ.
މިއަހަރު ބޭއްވި މުބާރާތުގެެ ފިރިހެން ބައިގެ ޗެމްޕިއަން އެސްޓީއޯ ހޯދިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އިމިގްރޭޝަން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް