2016 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ސުކޫލްތަކުގައި އެލްކޭޖީ އަދި ޔޫކޭޖީގެ ދަރިވަރުން ކިޔަވަން ފަށާގޮތައް ހަމަޖެހިފައިވުމާއި ގުޅިގެން އެކަމަށް އެހީތެރިވުމުގެ ގޮތުން ލ. އަތޮޅު ތައުލީމީ މަރުކަޒަށް އެހީއެއްގެ ގޮތުގައި އެދެކުލާހަށް ބޭނުންވާ ފަރުނީޗަރާއި ދަރިވަރުން އުގެނުމުގައި ބޭނުންކުރާ ބައެއްސާމާނު ލ. ފޮނަދޫ ކައުންސިލްގެ ފަރާތުން ހަދިޔާކޮށްފިއެވެ.
މި ތަކެތި ލ. އަތޮޅު ތައުލީމީ މަރުކަޒާއި ހަވާލުކުރުން އޮތީ އިއްޔެ ލ.އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ދިރާސީ އަހަރު ނިންމާ ރިޕޯޓްފޮތް ދިނުމުގެ ރަސްމިއްޔާތުގައެވެ.
ފޮނަދޫ ކައުންސިލްގެފަރާތުން މިތަކެތި ރަމްޒީކޮށް ހަވާލުކޮށްދެއްވީ ކައުންސިލްގެ ނައިބުރައީސް މޫސާ އަބުދުﷲ އެވެ. ތައުލީމީ މަރުކަޒުގެ ފަރާތުން މިތަކެއްޗާއި ހަވާލިވެލެއްވީ މަރުކަޒު ހިންގެވުމާއި ހަވާލުވެހުންނެވި އައިސަތު ޒުހުރުބާންއެވެ. މިހާރުވެސް ފޮނަދޫގައި ދެ ޕްރީސުކޫލެއް ދަނީ ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް