ތޫނިސްގެ ރައީސްގެ ބޮޑީ ގާޑުން ދަތުރުކުރި ވެހިކަލަކަށް ދިން ބޮމުގެ ހަމަލާއެއްގައި 12 މީހަކު މަރުވެ 17 މީހަކު ޒަހަމްވެފައި ވާއިރު މި ހަމަލާއާއި ގުޅިގެން އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފި އެވެ.
އެގައުމުގެ ރައީސް އަލްބާޖީ ގާއިދް އައްސިބްސީ ތޫނިސްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވަނީ މިއަދު ފަތިހު 5:00 އިން ފެށިގެން 30 ދުވަހުގެ މުއްދަތަށެވެ.
އިއްޔެގެ ބޮމުގެ ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީއާ މާ ދުރު ނޫން ހިސާބެއްގަ އެވެ. ތޫނިސްގެ ނޫސްތަކުން ބުނާގޮތުން ބޮން ގޮއްވާލާފައިވަނީ ގާޑުން ރައީސް އޮފީހާ ދިމާއަށް ދިޔުމަށް ބަހަށް އެރި ވަގުތުގައެވެ. ބޮން ގޮއްވާލާފައިވަނީ ބަހުގެ އެތެރޭގައި ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މި ހަމަލާއާއި ގުޅިގެން އައްސިބްސީ ވަނީ ޔޫރަޕަށް ކުރައްވަން އޮތް ދަތުރު ވަނީ ކެންސަލް ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް