ރާއްޖޭގައި ގޫގަލް ސްޓްރީޓްވިއު ފުރަތަމަ ފަހަރަށް ކްލަބްމެޑުން ފިނޮޅު ވިލާއިން

މި ޒަމާނުގައި ބޭރުގައުމުތަކަށް ވާޗުއަލީ ޒިޔާރަތްކޮށްލާ އެގައުމެއްގެ ތަންތަން ބަލާލުމަކީ ފަސޭހަ ކަމެކެވެ. މިކަމަށް ހުޅުވިފައިވާ އެންމެ ތަނަވަން އެއް ދޮރަކީ ގޫގަލް ސްޓްރީޓް ވިއުސް އެވެ. ސާފު ފޮޓޯތަކާއެކ...

25 Nov 2015 | 03:01

މި ޒަމާނުގައި ބޭރުގައުމުތަކަށް ވާޗުއަލީ ޒިޔާރަތްކޮށްލާ އެގައުމެއްގެ ތަންތަން ބަލާލުމަކީ ފަސޭހަ ކަމެކެވެ. މިކަމަށް ހުޅުވިފައިވާ އެންމެ ތަނަވަން އެއް ދޮރަކީ ގޫގަލް ސްޓްރީޓް ވިއުސް އެވެ. ސާފު ފޮޓޯތަކާއެކު ބޭނުންވާ ސަރަހައްދެއްގެ މަންޒަރުތައް 360 ޑިގްރީއަށް ބަލައިލެވެ އެވެ. ވާޗުއަލީ އެ ސަރަހައްދެއްގައި ހިނގާލާ ނަޒަރު ހިންގާލެވެ އެވެ.

ރާއްޖެއަކީ ފަތުރުވެރި ގައުމަކަށްވާއިރު ރާއްޖެ ޒިޔާރަތް ކުރުމުގެ ކުރިން ރާއްޖޭގެ ރަށްތައް ވާޗުއަލީ ބަލައިލަން ބޭނުންވާނެ އެތައް ބައިވަރު ބަޔަކު ބޭރުގެ ގައުމުތަކުގައި ތިބޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ކްލަބްމެޑް ފިނޮޅު ވިލާއިން މިވަނީ އެ ހިދުމަތް ތައާރަފް ކޮށްފަ އެވެ. ގޫގަލް ސްޓްރީޓްވިއު އިން ކްލަބްމެޑް ފިނޮޅުވިލާ މިހާރު ބަލައިލެވެ އެވެ.

ކްލަބްމެޑު ފިނޮޅު ވިލާއިން މި ހިދުމަތް ފަށާފައިވަނީ އިއްޔެ އެވެ. އެ ރިސޯޓުން ބުނެފައިވަނީ މި ހިދުމަތް ފެށި މަގްސަދަކީ ރިސޯޓަށް ޒިޔާރަތް ކުރަން ބޭނުންވާ ފަތުރުވެރިން އެ ރިސޯޓަށް ޒިޔާރަތް ކުރުމުގެ ކުރިން ރިސޯޓުގެ ހިތްގައިމުކަން ބަލާލުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުން ކަމަށެވެ.

މި ރިސޯޓުން ގޫގަލް ސްޓްރީޓްވިއު ތައާރަފް ކޮށްފައިވާއިރު ރާއްޖޭގައި ސޯލާ ހަކަތައިން ހިންގަން ފެށި ފުރަތަމަ ރިސޯޓަކީވެސް ކްލަބްމެޑް ފިނޮޅު ވިލާސް ކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް