އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަަބުން އެމްއެންޑީއެފް ސަދަން އޭރިއާއިން ހަރަކާތްތެރިވާން ފަށައިފި

އައްޑޫ ސިޓީ އަށް މިރޭ ބޯކޮށް ވާރެވެހި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގައި މަސައްކަތްކުރާ ސިފައިން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ފެންހިއްކުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަ...

25 Nov 2015 | 00:41

އައްޑޫ ސިޓީ އަށް މިރޭ ބޯކޮށް ވާރެވެހި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގައި މަސައްކަތްކުރާ ސިފައިން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ފެންހިއްކުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

މިގޮތުން މިހާރު ހަރަކާތްތެރިވަމުން ދަނީ ފޭދޫ އާއި މަރަދޫފޭދޫގައި ކަމަށާއި ފޭދޫ 17 ގެއެއްގައި ފެން ނުވަންނާނެހެން ވެލިބަސްތާ ޖަހައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅިފައިވާއިރު، މަރަދޫފޭދޫ އާއި ފޭދޫގެ ތިން ސަރަހައްދެއްގައި ޕަންޕުޖަހައިގެން ބޮޑުވެފައިވާ ފެންގަނޑުތައް ހިއްކުމުގެ މަސައްކަތް ސިފައިން ސިފައިން ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ހާމަކުރެ އެވެ.

އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި މި ކަމުގައި އެމްއެންޑީއެފް ސަދަން އޭރިއާގައި މަސައްކަތްކުރާ ސިފައިންގެ އިތުރުން އޮގްޒިލަރީ ފަޔަރމަނުންނާއި އެމްއެންޑީއެފް ސަދަން އޭރިއާގައި ހަރަކާތްތެރިވާ ފަޔަރމަނުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން އިތުރަށް ހާމަކުރާ ގޮތުގައި އައްޑޫ ސިޓީ ފޭދޫގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ފެންހިއްކުމުގެ މަސައްކަތް ކުރަމުން ދިޔަ ސަރަހައްދަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް ޢުމަރު ވަނީ  ޒިޔާރަތްކޮށް މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވި އެވެ. އަދި  އެމަނިކުފާނުގެ އަރިހުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދާއި ސަދަން އޭރިއާ ކޮމާންޑަރ ކާނަލް ޢަބްދުﷲ އިބްރާހީމްގެ އިތުރުން ކާނަލް އަބްދުލް މަތީން ބައިވެރިވެވަޑައިގެންނެވި ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް