އިއްޔެ މެންދުރުން ފެށިގެން ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އައްޑޫ ސިޓީ ބައެއް ސަރަހައްދު ތަކުގައި ފެން ބޮޑުވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފެންބޮޑުވުމުގެ ސަބަބުން އައްޑޫ ގިނަ ގެތަކަކަށް ފެންވަދެ ގެއްލުން ވެފައި ވެ އެވެ. އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ފޭދުއާއި މަރަދުއަށް ކަމަށް މައުލޫމާތު ލިބެ އެވެ.
ގައުމީ މޫސުމާއި ބެހޭ އިދާރާ، މޯލްޑިވްސް މީތިއޮރޮލިޖިކަލް ސާވިސް އިން ހާމަކުރާ ގޮތުގައި އިއްޔެ މެންދުރުން ފެށިގެން އައްޑޫ ސިޓީއަށް 162 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
31 ގެއަކަށް ފެންވަދެ 10 ވަރަކަށް ގެއަށް ފެނުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާއިރު ފެން ހިންދުމަށް ކޯރު ކޮނެގެންނާއި ޕަންޕު ބޭނުންކޮށްގެން މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އަދި މި މަސައްކަތްތަކުގައި ސިފައިންނާއި ފުލުހުން އަދި އާންމު ރައްޔިތުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް