އެސްޓީއޯގެ އަހަރު ނިންމާ ސޭލްގައި ދެ ލައްކަ ރުފިޔާގެ އަގު ބޮޑު އިނާމު

ކޮންމެ އަހަރެއް ނިމާ ދުވަސްވަރާއި ދިމާކޮށް އެސްޓީއޯއިން ކުރިޔަށް ގެންދާ އިއާ އެންޑް ސޭލް މިއަހަރު "އެނިވާސަރީ ސޭލްގެ ނަމުގައި ކުރިޔަށް ގެންދަން ނިންމައިފި އެވެ. އެސްޓީއޯން ބުނީ އަގުބޮޑު އިނާމުތަކަކާއި...

25 Nov 2014 | 13:46

ކޮންމެ އަހަރެއް ނިމާ ދުވަސްވަރާއި ދިމާކޮށް އެސްޓީއޯއިން ކުރިޔަށް ގެންދާ އިއާ އެންޑް ސޭލް މިއަހަރު "އެނިވާސަރީ ސޭލްގެ ނަމުގައި ކުރިޔަށް ގެންދަން ނިންމައިފި އެވެ.

އެސްޓީއޯން ބުނީ އަގުބޮޑު އިނާމުތަކަކާއި އެކު ކުރިޔަށް ގެންދާ މި ސޭލް މިއަދުން ފެށިގެން އަންނަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެކަމަށެވެ. ސޭލް ކުރިޔަށް ދާއިރު ގަންނަ ކޮންމެ އެއްޗަކުން 20 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެސްޓީއޯގެ "އެނިވާސަރީ ސޭލް" ކުރިޔަށް ދަނީ އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓާއި ސުޕާމާޓުގެ އިތުރުން އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ އެ ކުންފުނީގެ 13 ފިހާރައެއްގައި އެވެ.

ހޯމްއިމްޕްރޫވްމެންޓުން 1000 ރުފިޔާގެ އަދި ސުޕާމާތުން 350 ރުފިޔާގެ ވިޔަފާރިކޮށްގެން ބައިވެރިވެވޭ ލަކީޑްރޯއިން އެއްވަނައަށް ދާ ތިން ފަރާތަކަށް ދެ ލައްކަ ރުފިޔާގެ އަގު ބޮޑު އިނާމެއް ދޭން ނިންމާފައިވާއިރު ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ 50 ފަރާތަކަށްވެސް އިނާމު ދިނުމަށް ހަމަޖެހިފައިވެ އެވެ.

މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު ވަކި ހާއްސަ ބާވަތްތަކެއް ޑިސްކައުންޓާއެކު ލިބޭގޮތަށް ހަމަޖައްސާފައިވާއިރު، އެކުންފުނިން ވިއްކާތަކެތި ބޭނުން ކުރާނެ ގޮތް ދައްކާލުމުގެ އިތުރުން އެކި ބާވަތްތަކުގެ ކާނާ ރަހަބެލުމުގެ ފުރުސަތުވެސް އޮންނާނެ އެވެ.

މި ސޭލްގެ ތެރެއިން އަންނަ މަހުގެ 21، 22 އަދި 23 ގައި އެސްޓީއޯއާއި އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އެސްޓީއޯ ސްޓާފް ސޭލްވެސް ކުރިޔަށް ގެންދަން ވަނީ ނިންމާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް