ހުޅުމާލޭ މޫދުގައި މަސްތުވާތަކެތި ހުރި ކަމަށް ބެލެވިގެން ފުލުހުން ޑައިވް ކުރަން ފަށައިފި

ހުޅުމާލެ މޫދުގައި މަސްތުވާތަކެތި ހުރި ކަމަށް ބެލެވިގެން ޑައިވް ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފި އެވެ. އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވ...

25 Nov 2014 | 13:43

ހުޅުމާލެ މޫދުގައި މަސްތުވާތަކެތި ހުރި ކަމަށް ބެލެވިގެން ޑައިވް ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ޑްރަގް އެންފޯސްމެން ޑިޕާޓްމަންޓްގެހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ވިދާޅުވީ، ހުޅުމާލެ މޫދުގައި މަސްތުވާތަކެތި ހުރިކަމަށް ސައްކު ކުރެވިގެން އެސަހައްދު ފުލުހުންގެ ޑައިވް ޓީމަކުން ބަލަމުން އަންނަ ކަމަށެވެ.

އެހެން ނަމަވެސް އެ އޮޕަރޭޝަނަކީ ކުރިއަށްދާ އޮޕަރޭޝަނެއް ކަމުން އޮޕަރޭޝަނާ ބެހޭ މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށް ޝިފާން ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް