އިންޑިއަން ސުޕަރލީގު: ބައްޔާއެކު ނޯރތުއީސްޓް ޔުނައިޓެޑް ތާވަލުގެ ފުލަށް

ހީރޯ އިންޑިއަން ސުޕަރލީގުގައި ރޭ ޑެއްލީ ޑައިނަމޯސް އަތުން ބަލިވެ ނޯރތުއީސްޓް ޔުނައިޓެޑް ލީގު ތާވަލުގެ ފުލަށް ވެއްޓިއްޖެއެވެ. އިންދިރާ ގާންދީ ސްޓޭޑިއަމްގައި ކުޅުނު މެޗު ޑެއްލީ ޑައިނަމޯސްއިން ކާމިޔާބުކޮ...

25 Nov 2014 | 08:04

ހީރޯ އިންޑިއަން ސުޕަރލީގުގައި ރޭ ޑެއްލީ ޑައިނަމޯސް އަތުން ބަލިވެ ނޯރތުއީސްޓް ޔުނައިޓެޑް ލީގު ތާވަލުގެ ފުލަށް ވެއްޓިއްޖެއެވެ.

އިންދިރާ ގާންދީ ސްޓޭޑިއަމްގައި ކުޅުނު މެޗު ޑެއްލީ ޑައިނަމޯސްއިން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން މާގިނައިރެއްނުވެ މެޗުގެ 6 ވަނަ މިނެޓުގައި ޑެއްލީ ޑައިނަމޯސްއަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން މިޑްފީލްޑަރ ޑޮސް ސަންޓޮސްގެ ގޯލާއެކު އެޓީމު ލީޑު ނެގިއެވެ. އަދި މާގިނައިރެއްނުވެ 14 ވަނަ މިނެޓުގައު މުލްޑާގެ ގޯލުން ޑެއްލީ ޑައިނަމޯސް ނަތީޖާގެ ފަރަގު ބޮޑކުރިއެވެ. މެޗަށް އަނބުރާއައުމަށް ނޯރތުއީސްޓުން ކުރި މަސައްކަތުގައި މެޗުގެ 80 ވަނަ މިނެޓުގައި ޓޮންގާގެ ގޯލާއެކު އެޓީމުުން ފަރަގު ކުޑަކުރިއެވެ. ރަތް ކާޑު ދެއްކުމާއި ގުޅިގެން ދެ ޓީމަށްވެސް މެޗު ނިންމާލަންޖެހުނީ 10 ކުޅުންތެރިންނާއެކުގައެވެ.

މެޗުން މޮޅުވި ޑެއްލީ ޑައިނަމޯސް ތާވަލުގެ 7 ވަނައިގައި އޮތްއިރު ނޯރތުއީސްޓްއޮތީ ލީގު ތާވަލުގެ އެންމެ ފަހަތުން 8 ވަނައިގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް