މާލޭ ހުކުރު މިސްކިތުގެ މުންނާރު އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްދޭން ސަރުކާރުގައި އެދިވަޑައިގެންފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޑރ. ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުގައި މުންނާރު ހުންނަ ނަމަ އެތަން ސާފުކޮށް، ބަލަހައްޓާނެ ކަމަށެވެ. އެތަން މިނިސްޓްރީގެ ދަށަށް ބަދަލުކުރަން މަސައްކަތް ކުރައްވާނެ ކަމަށް މީގެ ކުރިން ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
https://twitter.com/Mohamedshaheem1/status/537105467479056384
ރާއްޖޭގެ ތާރީހީ މުހިއްމު ބިނާއެއްކަމަށްވާ، މުންނާރު މިހާރު ހުންނަނީ ހެރިޓޭޖް ޑިޕާޓްމެންޓްގެ ބެލުމުގެ ދަށުގަ އެވެ. އެ ޑިޕާޓްމެންޓުން ބުނެފައިވަނީ އެތަނުގައި ލާން ޖެހެނީ އުވަ ކަމަށްވާތީ، އެ މަސައްކަތް ނުކުރެވި ލަސްވަނީ މޫސުމް ތަން ނުދޭތީ ކަމަށެވެ.
ހުކުރު މިސްކިތުގެ މުންނާރު ބިނާކުރީ މީލާދީން 1674 ވަނަ އަހަރު އިސްކަންދަރު ރަސްގެފާނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް