މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން 3 މީހަކު ހޯދަނީ

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން 3 މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ. ފުލުހުން ބުނީ ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުޙުމަތުގައި ހޯދަމުނ...

25 Nov 2014 | 06:22

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން 3 މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުން ބުނީ ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުޙުމަތުގައި ހޯދަމުންދަނީ ކ.މާލެ، ހ.ރޯޒަންޑޭލް ޝައިބާން ޒުފުރަތު އިސްމާޢީލް (18އ) އާއި ގދ.ގައްދޫ، ދަނބުފަށުއިގެ ޢުލްޔާން އަޙްމަދު (19އ) ގެ އިތުރުން ގއ.ދާންދޫ، ފަހުދާވާދީ ފައްސާން ވަލީދު (19އ) ކަމަށެވެ.

މި 03 މީހުން ހޯދަމުން ދަނީ 2014 ނޮވެމްބަރ 16 ވަނަ ދުވަހު މާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގި  މާރާމާރީއަކާއި ގުޅިގެން ކަމަށްވެސް ފުލުހުން ބުނެއެވެ.

މި 03 މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް