" މެސީއަކީ ދުނިޔޭގެ ތާރީޚްގައި އުފެދުނު އެންމެ މޮޅުކުޅުންތެރިޔާ" : ބަރސާ ރައީސް

ބަރސެލޯނާގެ ތަރި ލަޔަނަލް މެސީއަކީ ދުނިޔޭގެ ތާރީޚްގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާކަމަށް ބަރސާގެ ރައީސް ޖޯސެފް މާރިޔާ ބާރޓޮމޭ ބުނެފިއެވެ. އުމުރުން 27 އަހަރުގެ ލިޔޯ މެސީ އެންމެ ފަހުން ލަލީގާގައި ...

25 Nov 2014 | 05:57

ބަރސެލޯނާގެ ތަރި ލަޔަނަލް މެސީއަކީ ދުނިޔޭގެ ތާރީޚްގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާކަމަށް ބަރސާގެ ރައީސް ޖޯސެފް މާރިޔާ ބާރޓޮމޭ ބުނެފިއެވެ.

އުމުރުން 27 އަހަރުގެ ލިޔޯ މެސީ އެންމެ ފަހުން ލަލީގާގައި ސެވިއްޔާއާއި ދެކޮޅަށް ކުޅުނު މެޗުގައި ކާމިޔާބުކުރި ހެޓްރިކާއެކު ލަލީގާ ތާރީޚްގައި އެންމެ ގިނަ ގޯލްޖެހިި ކުޅުންތެރިޔާގެ ރެކޯރޑް މުގުރާލުމާއި ގުޅިގެން ބަރސާގެ ރައީސް ބާރޓޮމޭ ބުނެފައިވަނީ މެސީގެ ރެކޯރޑާއެކު އޭނާ ވަރަށް އުފާވިކަމަށެވެ.

253 ގޯލާއެކު މެސީ، ޒައްރާގެ 250 ގޯލްގެ ރެކޯރޑު މުގުރާލާފައިވާއިރު، މެސީ ބަރސާ ދޫކޮށްދާން އުޅޭ ކަމުގެ ވާހަކަތަށް ބާރޓޮމޭވަނީ ދޮގުކޮށްފައެވެ. " މެސީ ބަރސާގައި ހުރީ ހިތްހަމަ ޖެހިގެން، އަދި ކުރިއަށް އޮތް އެތައް އަހަރަކަށް މެސީ ބަރސާގައި މަޑުކުރާނެ" ބާރޓޮމޭ ބުނެފައިވެއެވެ.

މެސީގެ ޓެކްސް މައްސަލައާއި ގުޅިގެން އަދިވެސް ކަންބޮޑޫވުންތަކެއް ހުރިކަމަށާއި، މެސީއަށް ކުލަބުން އެކަމަށް އެއްބާރުލުން ދޭނެކަމަށްވެސް ބަރސާގެ ރައީސް ހާމަކުރިއެވެ. "މެސީ ފޯކަސް ކުރަންޖެހޭނީ ފުޓުބޯޅައަށް، މެސީ ކައިރީގައި ސަޕޯރޓރުންވެސް ދައްކަންޖެހޭނީ ފުޓުބޯޅައިގެ ވާހަކަ" ބަރސާގެ ރައީސް އިތުރަށް ބުންޏެވެ.

މެސީ ލަލީގާގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ރެކޯރޑު މުގުރާލާފައިވަނީ 1995 ވަނައަހަރަށްފަހު ފުރަތަމަ ފަހަރަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް