ލީބިޔާގެ އަސްކަރިއްޔާއިން އެގައުމުގެ އެއާޕޯޓަކަށް ބޮން އަޅައިފި

ލީބިޔާގެ ވެރިޔާ ޖެނެރަލް ޚަލީފާ ހަފްތާރުގެ އަސްކަރިއްޔާއިން އެގައުމުގެ ވެރިރަށް ތުރިޕޮލީގެ މިޓިގާ އެއާޕޯޓަށް މިދިޔަ އާދީއްތަ ދުވަހު ބޮން އަޅައިފި އެވެ. ލީބިޔާގެ އަސްކަރިއްޔާއިން ބުނީ ބޮން އެޅި އެއާޕޯޓ...

25 Nov 2014 | 03:47

ލީބިޔާގެ ވެރިޔާ ޖެނެރަލް ޚަލީފާ ހަފްތާރުގެ އަސްކަރިއްޔާއިން އެގައުމުގެ ވެރިރަށް ތުރިޕޮލީގެ މިޓިގާ އެއާޕޯޓަށް މިދިޔަ އާދީއްތަ ދުވަހު ބޮން އަޅައިފި އެވެ.

ލީބިޔާގެ އަސްކަރިއްޔާއިން ބުނީ ބޮން އެޅި އެއާޕޯޓަކީ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިން ހިފާފައިވާ އެއާޕޯޓެއް ކަމަށާއި އެއާޕޯޓަށް ހަމަލާދިނީ އެއާޕޯޓް އަނބުރާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކަމަށެވެ.

އެ ހަމަލާގައި ހަނގުރާމަވެރިންގެ ބަޔަކު މަރުވި ކަމެއް ނުވަތަ ނޫން ކަމެއްވެސް އަސްކަރިއްޔާއިން ހާމައެއް ނުކުރެއެވެ. އަސްކަރިއްޔާއިން ބުނީ އަސްކަރިއްޔާއަށް ގެއްލިފައިވާ ސަރަހައްދުތަކުގެ ކޮންޓްރޯލް ހޯދުމަށް ރޭވުންތަކެއްގެ ދަށުން މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް