މޮރޮކޯގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެ 31 މީހަކު މަރުވެއްޖެ

މޮރޮކޯގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ކޯރުތައް ފުރި ބަންޑުން ޖަހާލާ ފެންބޮޑުވުމުގެ ސަބަބުން 31 މީހަކު މަރުވެ އެތައް ބަޔަކު ގެއްލިފައިވާކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ. މ...

25 Nov 2014 | 01:55

މޮރޮކޯގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ކޯރުތައް ފުރި ބަންޑުން ޖަހާލާ ފެންބޮޑުވުމުގެ ސަބަބުން 31 މީހަކު މަރުވެ އެތައް ބަޔަކު ގެއްލިފައިވާކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފެންބޮޑުވުމުގެ އަސަރު ކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި ފަތުރުވެރިން އާންމުކޮށް ޒިޔާރަތްކުރާ ސަރަހައްދެއް ކަމަށްވާ މައްރާކޭޝް ހިމެނެއެވެ. އަދި މީގެ އިތުރުން  ގެލްމިން އާއި އަގާދީރު އަދި އޯރްޒަޒާތޭ ސަރަހައްދަށް ފެންބޮޑުވުމުގެ އަސަރުކޮށްފައިވެއެވެ.

ފެންބޮޑުވުމުގެ ސަބަބުންނާއި ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެ ސަރަހައްދުތަކަށް ދާން އޮންނަ މަގުތައް ބަންދުވެފައިވުމުގެ ސަބަބުން މީހުން ސަލާމަތް ކުރާ ފަރާތްތަކާއި އެހީގެ ތަކެތި ފޯރުކޮށްދޭ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވެފައިވާކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެވެ.

އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުން ދެ ސަރަހައްދަކުން 14 މީހަކު ގެއްލިފައިވާކަމުގެ ރިޕޯޓްކޮށްފައިވެއެވެ. އަދި 100 އަށްވުރެ ގިނަ ގެއާއި އެ ސަރަހައްދުތަކަށް ދާން އޮންނަ ބައެއް މަގުތައް ހަލާކުވެފައިވާކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް