މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -
ސްޓެލްކޯގެ ސަބްސްޓޭޝަނަކުން ކޭބަލް ވަގަށް ނަގަން
އުޅުނުކަމުގެ ތުހުމަތުގައި އއ. މަތިވެރިއަށް ނިސްބަތްވާ ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ އެ
ރަށު ހަނދުވަރީގޭ، އުމުރުން 42 އަހަރުގެ މުހައްމަދު ޖަމީލާއި ހަމަ އެ ރަށު އިރަމާގޭ،
އުމުރުން 52 އަހަރުގެ އާދަމް ޝަރީފާއި ހަމަ އެ ގޭ، އުމުރުން 44 އަހަރުގެ ހަސަން ޝަރީފެވެ.
އެއީ ދެބެން ކަމުގައި ބެލެވެއެވެ.
އެ ތިން މީހުންގެ ބަންދަށްވެސް ކޯޓުން 15 ދުވަހުގެ މުއްދަތެއް
ޖަހާފައިވާއިރު ތިން މީހުންގެ ބަންދު އަމުރުގައިވެސް ފާހަގަކޮށްފައިވަނީ ތިން
މީހުންވެސް ހައްޔަރުކޮށްފައިވަނީ ސީން އާއި މާ ދުރުނޫން ހިސާބަކުން ކަމަށާއި އެ
ފަރާތްތަކުގެ ހަރަކާތްތައް ސްޓެލްކޯގެ ކެމެރާތަކުން ފެންނަ ކަމަށް އައިއޯ
ފާހަގަކުރި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް