މިހާތަނަށް ހައްޔަރުކޮށްފައިވާ އަށް މީހުންގެ ތެރެއިން ފަސް މީހެއްގެ މަގްޝޮޓް ފުލުހުން ކުރިން ހާމަކޮށްފައިވޭ -
އެމްޕީއެލްގެ ހުޅުމާލެ ޕޯޓުގައި ހުރި ދެ ކޮންޓޭނަރު
ސިނގިރޭޓު ވަގަށްނެގި މައްސަލައިގާ އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ ހދ. ވައިކަރަދޫ، ނޫރަލީގޭ،
އުމުރުން 42 އަހަރުގެ އަހްމަދު ޝަހީމާއި ސ. ހިތަދޫ، ޗާނދަނީގޭ، އުމުރުން 35
އަހަރުގެ ހުސެއިން ސާމިހާއި މާލޭ، ހ. ރުމޭނިޔާ، އުމުރުން 35 އަހަރުގެ އަހްމަދު ފިރުޝާނެވެ.
ތިން މީހުންވެސް ހައްޔަރުކުރީ މިއަދުގެ ވަގުތެއްގައި
ކަމަށް ފުލުހުން ބުނެއެވެ.
އަދި ތިން މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް
ކޯޓަށް ހާޒިރު ކުރުމުން ޝަމީހާއި ސާމިހް ހަތް ދުވަހަށް އަދި ފިރުސާން ފަސް
ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މީގެ އިތުރުން، މި މައްސަލައިގައި ކުރިން ހައްޔަރުކުރި
މުޙައްމަދު ވަޙީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް 2 ވަނަ ފަހަރަށް ހާޒިރު ކުރުމުން
ޝައީޢަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މިއަދު ތިން މީހަކު ހައްޔަރުކޮށްފައިވާއިރު މި
މައްސަލައިގާ މިހާތަނަށް ހައްޔަރުކުރި މީހުންގެ ޢަދަދު މިވަނީ އަށަކަށް
އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް