އިންޑިއާގައި ބަހެއްގައި ރޯވެ 20 މީހަކު މަރުވުން – 400 ފޯނުގެ ބެޓެރީ އަކީ ބޮޑު އެއް ސަބަބު !

ރާއްޖޭ ގަޑިން ބަލަނީނަމަ ބުރާސްފަތި ދުވަހުގެ ރޭ ފަތިހު 4:45 ހާއިރު އިންޑިއާގެ އަންދްރަޕްރަދޭޝްގެ ކުރްނޫލް ޑިސްޓްރިކްޓްގެ ހައިވޭއެއްގައި ނުރައްކާތެރި ހިތާމަވެރި ހާދިސާއެއް ހިނގިއެވެ. ނިދޭގޮތަށް ދުރު ރާ...

25 Oct 2025 | 09:34
ރޯވި ބަސް އަނދާ ހުލިވެފައި -

ރޯވި ބަސް އަނދާ ހުލިވެފައި -

ރާއްޖޭ ގަޑިން ބަލަނީނަމަ ބުރާސްފަތި ދުވަހުގެ ރޭ

ފަތިހު 4:45 ހާއިރު އިންޑިއާގެ އަންދްރަޕްރަދޭޝްގެ ކުރްނޫލް ޑިސްޓްރިކްޓްގެ

ހައިވޭއެއްގައި ނުރައްކާތެރި ހިތާމަވެރި ހާދިސާއެއް ހިނގިއެވެ.

ނިދޭގޮތަށް ދުރު ރާސްތާ ދަތުރުކުރެވޭގޮތަށް

ތައްޔާރުކޮށްފައިވާ ބަހެއް ހައިދަރްއާބާދުން ކަރްނާޓަކާއަށް ދަތުރުކުރަމުންދަނިކޮށް

ހައިވޭއިން ސައިކަލެއްގައި ޖެހި ސައިކަލު އެ ބަހުގެ ދަށުވެ ކޮންޓްރޯލު ނުވެ އެ ސައިކަލު

ބަހުގެ އަޑީގައި ގޭނި ކަނި ބުރައި، އެ ކަނީގެ ބާރުގައި އެ ބަހުގެ ތެޔޮ ޓޭންކުގައި ރޯވެ

އަލިފާނުގެ ހާދިސާއެއް ހިނގިއެވެ.

ހާދިސާގައި އަލިފާން ފެތުރިގެން ދިޔަލެއް

ބާރުކަމުންނާއި ބަހުގެ އިލެކްޓްރިކް ދޮރުތައް ނުހުޅުވުމުގެ ސަބަބުން މަދު

ވަގުތުކޮޅެއްގެ ތެރޭގައި ބަސް ގާތްގަނޑަކަށްހެން އަނދާ ހުލިވިއެވެ.

ދެ ޑްރައިވަރުން ހިމެނޭހެން ސާޅީހަކަށް ފަސިންޖަރުން

ދަތުރުކުރި އެ ބަހުން 19 މީހަކު އަދި ސައިކަލު ދުއްވި މީހާ މަރުވިއެވެ. އަދި

އެތައް ބަޔަކަށް ހަސްފަތާލުގައި ފަރުވާދެމުން އަންނައިރު މަރުވި ޢަދަދު މަތިވާނެ

ކަމަށްވެސް މިވަނީ ބެލެވިއެވެ.

ތަޙްޤީޤުގައި މިވަނީ އާ އަދި ތަފާތު ކަމެއް

ފާހަގަކުރެވިފައެވެ. އެއީ އެހާ މަދުވަގުތުކޮޅެއްގެ ތެރޭގައި އަލިފާނުގެ އެ ހާދިސާ

އެހާ ބޮޑު ހާދިސާއަކަށް ވާން މެދުވެރިވި ސަބަބު ކަމަށް ބެލެވޭ ސަބަބެވެ.

އެ ބަހުގައި އިންޑިއާގެ ފޯނު އުފައްދާ

ކުންފުންޏަކުން ބެންގަލޫރަށް ވިއްކަން ފޮނުވި 400 އެއްހާ ސްމާޓް ފޯނު

އުފުލަމުންދިޔައެވެ.

ތަޙްޤީޤު ބުރަވަނީ ބޮޑު ގޮވުމެއް އެ ގޮވީ އެ

ފޯނުތަކުގެ ބެޓެރިތައްވެސް ގޮވުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް