އުރުދުންގައި ފެންބޮޑުވެ ސްކޫލު ދަރިވަރުންތަކެއް މަރުވެއްޖެ

އުރުދުންގެ އަވަށެއްގައި ފެންބޮޑުވެ ހިނގި ހާދިސާއެއްގައި ސްކޫލު ދަރިވަރުންތަކަކާއި ޓީޗަރުންތަކެއް މަރުވެއްޖެއެވެ. މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ބޯ ވާރޭގެ ސަބަބުން ކުއްލި ގޮތަކަށް ފެންބޮޑުވެ ހ...

25 Oct 2018 | 18:57

އުރުދުންގެ އަވަށެއްގައި ފެންބޮޑުވެ ހިނގި ހާދިސާއެއްގައި ސްކޫލު ދަރިވަރުންތަކަކާއި ޓީޗަރުންތަކެއް މަރުވެއްޖެއެވެ.

މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ބޯ ވާރޭގެ ސަބަބުން ކުއްލި ގޮތަކަށް ފެންބޮޑުވެ ހިނގި މި ހާދިސާގައި 14 ދަރިވަރަކު މަރުވެފައިވާކަން މިހާތަނަށް ކަށަވަރު ކުރެވިފައިވެއެވެ. އަދި ބައެއް ދަރިވަރުން ގެއްލިގެން ހޯދަމުން އަންނަ ކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި 37 ދަރިވަރަކާއި ޓީޗަރުންތަކެއް ދަތުރު ކުރަމުން ދަނިކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން އެމީހުން ތިބި ބަސް މަގުން ކައްސާލައި އަވަށެއްގެ ތެރެއަށް ފެންތަކާއެކު ބަސް ދަމައިގަތުމުންނެވެ.

މި ހާދިސާގައި ގެއްލިފައިވާ ދަރިވަރުން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު އުރުދުން އާއި އިންވެ އޮންނަ އިޒްރޭލުންވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިހާތަނަށް ބައެއް ދަރިވަރުން ސަލާމަތް ކުރެވިފައިވާއިރު ސަލާމަތް ކުރެވުނު ދަރިވަރުންގެ ހާލު ސީރިއަސް ކަމުގައިވެސް ރިޕޯޓް ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް