މި ދުވަސްވަރު ހޭންޑް ފުޓް އެންޑް މައުތް ބަލި ފެތުރޭތީ އެކަމަށް ސަމާލުވުމަށް ޑރ. އަހްމަދު ފައިސަލް އިލްތިމާސް ކުރައްވައިފިއެވެ.
އައިޖީއެމްއެޗްގެ ސީނިއާ ޕެޑިއަޓްރިޝަން ޑރ. އަހުމަދު ފައިސަލް މިކަމަށް އިލްތިމާސް ކުރައްވާފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
"ހޭންޑް ފުޓް މައުތް ތަންކޮޅެއް ގިނަވޭ އެބަ. ހުރިހާ ކުދިން އަތް ދޮންނަން އާދަ ކޮށްދެއްވާ. ބަލި ޖެހުމުން ހަފްތާއަކަށް ސުކޫލަށް ނުފޮނުއްވާ. ކުޅޭ ސާމާނު، ދޮރުގެ އަތްގަނޑު ، ރަނގަޅަށް ސާފުކުރައްވާ. ހުރިހާ ސުކޫލެއްގައިވެސް ސައިބޯނިން އަތް ދޮވެވޭގޮތަށްއިންތިޒާމް ކުރެއްވުން މުހިންމު." ޑރ. ފައިސަލް މިއަދު ކުރެއްވި އިލްތިމާސްގައި ވެއެވެ.
ހޭންޑް ފުޓް އެންޑް މައުތް ބައްޔަކީ ގައިގޯޅިވެ އުޅުމުގެ ތެރޭގައި ބަލިޖެހިފައިވާ ކުއްޖެއްގެ ކުޅު، އަރިދަފުސް، ބޮޑުކަމުދާ ނަޖިސް އަދި ހަމުގައިނަގާފޮޅުން ނިކުންނަ ދިޔައިން އެއްކުއްޖެއްގެ ގައިން އަނެއް ކުއްޖެއްގެ ގަޔަށް ވަރަށް ފަސޭހައިން އަރާ ބައްޔެކެވެ.
މިބަލި ޖެހުމުން އެންމެ ފުރަތަމަ ފެންނާނެ އަލާމާތްތަކުގެތެރޭގަައި ހުންއައުމާއި، ކާހިތްނުވުމާ، ވަރުބަލިވުން އަދި ގައިގައި ރިއްސުމާއި ކަރުތެރެފާރުވުން ފަދަ އަލާމާތްތައް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް