ހަޝޫގްޖީގެ ގާތިލުންނަށް ހައްގު އަދަބު ދޭނަން: ވަލީ އަހުދު އެމްބީއެސް

ތުރުކީގެ އިސްތާންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި މި މަހުގެ ދެވަނަ ދުވަހު މަރާލާފައިވާ ސައުދީ ނޫސްވެރިޔާ ޖަމާލް ޙަޝޫގްޖީގެ ގާތިލުންނަށް ހައްގު އަދަބު ދެއްވާނެކަމުގައި ސައުދީ ވަލީ އަހުދު ...

25 Oct 2018 | 09:34

ތުރުކީގެ އިސްތާންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި މި މަހުގެ ދެވަނަ ދުވަހު މަރާލާފައިވާ ސައުދީ ނޫސްވެރިޔާ ޖަމާލް ޙަޝޫގްޖީގެ ގާތިލުންނަށް ހައްގު އަދަބު ދެއްވާނެކަމުގައި ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް) ވިދާޅުވެއްޖެއެވެ.

މިއީ ހަޝޫގްޖީގެ މަރާއި ބެހޭގޮތުން ރަސްމީ ސިފައެއްގައި އެމްބީއެސް ބަހެއް އިއްވި ފުރަތަމަ ފަހަރެވެ.

އިއްޔެ އެމްބީއެސް ވިދާޅުވީ ހަޝޫގްޖީގެ މަރަކީ ސައުދީއަށް ފުން ހިތާމަ ލިބިގެން ދިޔަ މަރެއް ކަމަށެވެ. އެ އަމަލު ހިންގި އެންމެން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދެއްވާނެކަމުގައި ވަލީ އަހުދު ވިދާޅުވިއެވެ.

ވަލީ އަހުދު މިހެން ވިދާޅުވެފައިވާއިރު ހަޝޫގްޖީގެ މަރާއި ގުޅިގެން ތުހުމަތުގެ އިނގިލި އެންމެ ގަދައަށް ދިއްކުރެވެމުން އަންނަނީ އެމްބީއެސް އަށެވެ. ސަބަބެއް ކަމުގައިވަނީ ހަޝޫގްޖީ މަރާލުމުގައި އެމްބީއެސްގެ އެންމެ ގާތް މީހުން ހިމެނުމެވެ. އޭނާގެ ބޮޑީ ގާޑަކާއި އެޑްވައިޒަރުގެ އިތުރުން އެއް އަތް ގޮތުގައި ސިފަ ކުރާ މީހަކުވެސް ހިމެނޭތީ އެވެ.

އޮކްޓޯބަރު ދެވަނަ ދުވަހު ހަޝޫގްޖީ ސައުދީ ކޮންސިއުލޭޓަށް ދިޔައީ ތުރުކީގައި ހުރި އޭނާގެ ލޯބިވެރިޔާއާއި ކައިވެނި ކުރުމަށް ލިޔެކިޔުމެއް ހޯދުމަށެވެ. އޭގެ ފަހުން އޭނާގެ ހަބަރެއް ވެފައެއް ނުވެއެވެ. ކޮންސިއުލޭޓް ތެރޭގައި ހަޝޫގްޖީ މަރާލި ކަމަށް ސައުދީން އެއްބަސްވީވެސް އޭގެ ދެ ހަފްތާ ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް