އިބްރާހިމް މުހައްމަދު ސޯލިހު، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ނޮވެމްބަރ 11 ގައި ބޭއްވުމަށް ނިންމައި، ބޭރުގެ މެހެމާނުންނަށް ފޮރިން މިނިސްޓްރީން ދައުވަތު ފޮނުވަން ފަށައިފިއެވެ.
މިހެންވިދާޅުވެފައި ވަނީ ޑައިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން އަހުމަދު ލަތީފް އެވެ.
ރައީސްކަމުގެ ހުވާކުރައްވާނީ ރައްޔިތުންގެ މަޖިލިހުގެ ހާއްސަ ޖަލްސާއެއްގައި ކަމުން އެކަން އިންތިޒާމް ކުރަމުން އަންނަނީ ރައްޔިތުންގެ މަޖިލީހުން އަންގާފައިވާ ގޮތުގެ މަތިން ކަމަށާއި، އަދި މި ރަސްމިއްޔާތު ނޮވެމްބަރު 11 ގައި އޮންނާނެ ކަމަށާއި، ފޮރިން މިނިސްޓްރީން ބޭރުގެ މެހެމާނުންނަށް ދައުވަތު ފޮނުވަން ފެށީ މި ހަފްތާގެ ކުރީކޮޅު ކަމަށްވެސް ލަތީފް ވިދާޅޫވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް