ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ދަތުރުތައް ފަށަން ތައްޔާރުވުމުގެ ގޮތުން، މަންތާ އެއާ އިން އޭޓީއާރް 600-72 މަރުކާގެ ދެ ބޯޓު ގަނެފި އެވެ.
މަންތާ އެއާގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އެޑްވާޑް އެލްސްފޯޑް އޭޓީއާރްގެ ވެބްސައިޓަށް ވިދާޅުވެފައި ވަނީ އޭޓީއާރު މަރުކާގެ ބޯޓު ގަތީ ފަސިންޖަރުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް ކަމަށެވެ.
މަންތާ އިން ގަތް ފުރަތަމަ ބޯޓް ރާއްޖެ ގެންނަނީ އަންނަ މަހުގައި، އަދި ގެވަނަ ބޯޓު ގެންނަނީ އަހަރު ނިމުމުގެ ކުރިންނެވެ. އަދި އެއާލައިނުން ފުރަތަމަ ދަތުރު ފަށަނީ ދ. ކުޑަހުވަދޫ އާއި ބ. ދަރަވަންދޫ އަދި ތ. ތިމަރަފުށީ އެއާޕޯޓަށެވެ
މި ކުންފުނިން ރާއްޖޭގައި ދަތުރުތައް ފަށަނީ 72 މީހުންގެ ޖާގައިގެ ބޯޓު ފަހަރާއި 16 ގޮނޑީގެ ހަތަރު ސީޕްލޭންއާއެކުގަ އެވެ.
މި ކުންފުންޏަކީ ރާއްޖޭގެ ޓޫރިޒަމް ކުންފުންޏެއް ކަމަށްވާ ޔުނިވާސަލް އެންޓަޕްރައިސަސް އާއި ރިއޯލޯ އިންވެސްޓްމެންޓު ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް