އަހުމަދު ރިލްވާންގެ މަންމަ އައިމިނަތު އީސާއާ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު އިއްޔެ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލު ވުމުގައި ރިލްވާން ގެއްލުވާލާފައިވާ މައްސަލާގައި އާއިލާގެ ބައެއް ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ސިޔާމްއާ އެކު އެ އާއިލާއިން މަޝްވަރާ ކޮށްފައިވާ ކަމަށާއި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮއްފައިވަނީ ރިލްވާން ގެއްލުވާލާފައިވާ މައްސަލައިގެ ތަހުގީގު އަވަސް ކުރުމާ ބެހޭ ގޮތުން ކަމަށް ވެސް އެމްޑީއޭގެ ކައުންސިލް މެންބަރު އައިޝަތު މަމްދޫހާ ވިދާޅުވެފައިވެއެވެ.
އަދި ހަމައެއާއެކު، މިހާރު ކުރިމަތިވެފައިވާ ބިރުވެރިކަމާއި ރިލްވާންގެ އާއިލާއަށް ލިބޭ އިންޒާރުތަކާ ގުޅޭ ގޮތުން ވެސް އެ ބައްދަލުވުމުގައި ރިލްވާންގެ އާއިލާއިން ވާހަކަ ދައްކާފައިވާ ކަމަށް ވެސް މަމްދޫހާ ވިދާޅުވި އެވެ.
ރިލްވާންގެ އާއިލާއަށް ބޭނުންވާ،ސިޔާމަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ވެސް ދެއްވާނެ ކަމަށް ސިޔާމް ވިދާޅުވެފައި ވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް