ފާރިސްއަށް ކުރި ހުކުމް ހައިކޯޓުން ބާތިލު ކޮއްފި

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހަތަރު މަހުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލުކޮށްފިއެވެ. މޫކައި ސުއިޓްސްގައި ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ޕީ...

25 Oct 2018 | 07:37

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހަތަރު މަހުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލުކޮށްފިއެވެ.

މޫކައި ސުއިޓްސްގައި ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ޕީޕީއެމްގެ ހުއްދަ ނެތި އެ ޕާޓީގެ ލޯގޯއާއި ދިދަ ބޭނުންކޮށްފައިވާކަން ސާބިތުވުމުގެ ސަބަބުން، ޝަހުސު އޮޅުވާލި ކަމުގެ ކުށް ސާބިތުވެ، ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮއްފައެވެ.

އެ މައަސަލައިގެ ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ފާރިސް ވަނީ ދާދި ފަހުން ކަފާލާތުގެ ދަށުން މިނިވަން ކޮއްފައެވެ. ކަފާލާތުގެ ދަށުން ފާރިސް ދޫކޮއްލާފައިވަނީ ޖަލަށްލި މުއްދަތު ނިމެން ގާތްވެފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް