ޕާޓީ ބަދަލު ކުރުމުން ގޮނޑިގެއްލޭ ގާނޫނު އުވާލަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުވި ޕާޓީ ނޫން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން މަޖިލިސް މެމްބަރުކަން ގެއްލޭގޮތަށް ފަރުމާކޮށް ގާނޫނަކަށް ހަދާފައިވާ އެންޓި ޑިފެކްޝަން ގާނޫ...

25 Oct 2018 | 06:12

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުވި ޕާޓީ ނޫން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން މަޖިލިސް މެމްބަރުކަން ގެއްލޭގޮތަށް ފަރުމާކޮށް ގާނޫނަކަށް ހަދާފައިވާ އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ ގާނޫނު އުވާލަން މަޖިލީހަށް ހުށަހަޅާފައިވަނީ އެ ގާނޫނު ވުޖޫދަށް ގެނައި ޕާޓީ، ޕީޕީއެމްގެ ޕޕާލަމެންޓަރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ.

ރިޔާޒް މި ބިލު އުވާލަން ހުށަހަޅާފައިވާއިރު އަދިވެސް ރިޔާޒް ހުންނެވީ ޕީޕީއެމްގައެވެ. ނަމަވެސް ރިޔާސީ އިންތިހާބުން ރައީސް ޔާމީން ބަލިވި ހިސާބުން ރިޔާޒް ގެންދަވަނީ ފާޅުގައި ރައީސް ޔާމީންއާއި އަދި ޕީޕީއެމްގެ ފިކުރާއި ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ރައީސް ނަޝީދު ދާދި އަވަހަށް މިނިވަން ވާނެ ކަމަށް ބުނެ ރިޔާޒް ކުރެއްވި ޓްވީޓް ހިމެނެއެވެ.

މި ގާނޫނު އުވާލަން ހުށަހެޅި ސަބަބެއްގެ ގޮތުގައި ރިޔާޒް ބުނެފައިވަނީ ގާނޫނު އުވާލަން ހުށަހެޅީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި 90 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް މަޖިލީހުގެ މެމްބަރުންނަށް ދަތިތަކެއް ހުރި ކަމަށް ފާހަގަ ކުރެވޭތީ އާއި ގާނޫނުއަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް މެމްބަރުންނަށް ހުރަހަކަށް ވާތީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް