މިސްރުގެ ޗެކްޕޮއިންޓަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި 27 މީހަކު މަރުވެއްޖެ

ޕެނިންސުލާގެ ސިނާއީ ސަރަހައްދުގައި ހުންނަ މިސްރުގެ ޗެކްޕޮއިންޓަކަށް އިއްޔެ ދިން ހަމަލާއެއްގައި 27 މީހަކު މަރުވެއްޖެ އެވެ. ޖުމްލަ ދެ ހަމަލާއެއް ދީފައިވާއިރު ފުރަތަމަ ހަމަލާގައި 27 މީހަކު މަރުވި ކަމަށާއ...

25 Oct 2014 | 08:52

ޕެނިންސުލާގެ ސިނާއީ ސަރަހައްދުގައި ހުންނަ މިސްރުގެ ޗެކްޕޮއިންޓަކަށް އިއްޔެ ދިން ހަމަލާއެއްގައި 27 މީހަކު މަރުވެއްޖެ އެވެ.

ޖުމްލަ ދެ ހަމަލާއެއް ދީފައިވާއިރު ފުރަތަމަ ހަމަލާގައި 27 މީހަކު މަރުވި ކަމަށާއި ގަޑިއިރަކަށްފަހު ދިން ދެވަނަ ހަމަލާގައި ސިފައިންގެ ތިން މީހަކު މަރުވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ދެވަނަ ހަމަލާ ދީފައިވަނީ އަލް އަރިސްގައި ހުންނަ ޗެކްޕޮއިންޓަކަށެވެ.

ހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ. ނަމަވެސް މީގެ ކުރިން އެފަދަ ހަމަލާތައް ދީފައިވަނީ މިސްރުގައި އެންމެ ގަދައަށް ހަރަކާތްތެރިވާ ބައިތު-އަލް-މަގްދިސް އިންނެވެ.

އެ ހަމަލާތަކާ ގުޅިގެން މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީ ގެ އެދުމުގެ މަތިން މިސްރުގެ ގައުމީ ދިފާއީ ކައުންސިލުން ވަނީ ސްޓޭޓް އޮފް  އެމަޖެންސީއާ އެކު ކާފިއު އިއުލާނުކޮށްފަ އެވެ.

މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީ އޭނާގެ މަގާމުން ގަދަކަމުން ދުރުކުރިފަހުން މިސްރުގައި ދޭތެރެދޭތެރިން މިފަދަ ނުރައްކާތެރި ހަމަލާތައް މިސްރުގައި އަންނަނީ ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް