މިނިސްޓަރު މަހުލޫފް އަމީތާބާއި ބައްދަލުކުރައްވައިފި

ޔޫތް މިނިސްޓަރ އަހުމަދް މަހުލޫފް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގައި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަމީތާބް ބަޗަން އާ ބައްދަލުކުރައްވައިފިއެވެ. މިނިސްޓަރު މިއަދު ކުރެއްވި ޓްވީ...

25 Sep 2019 | 10:54

ޔޫތް މިނިސްޓަރ އަހުމަދް މަހުލޫފް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގައި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަމީތާބް ބަޗަން އާ ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އަމީތާބާ ބައްދަލުވުމަކީ ލިބިގެންދިޔަ ވަރަށްބޮޑު ފަހުރެއް ކަމަށެވެ. އެގޮތުން މި ދަތުރުފުޅުގައި ރާއްޖެއަށް އިންޑިއާގެ ރިއަލިޓީ ޝޯތަށް ގެނައުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރުގެ ޓުވީޓުގައި އަމީތާބަކީ ވަރަށް ހިތްހެޔޮ ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ. އަދި މިއަހަރުގެ ދާދާ ސާހެބް ޕަލްކޭ އެވޯޑަށް ހޮވުމުން އަމީތާބަށް މަރުހަބާ ވެސް ދަންނަވާފައިވެއެވެ.

https://twitter.com/AhmedMahloof/status/1176758283232669696

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް