ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ބެލްޖިއަމްގެ ބްރަސްލްސްއަށް ވަޑައިގެންފިއެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، މިނިސްޓަރު ޒަހާ ބެލްޖިއަމަށް ވަޑައިގަތީ ޤާނޫނާއި ޤަވާއިދާ ހިލާފަށްކުރާ މަސްވެރިކަން ހުއްޓުވަން ރާއްޖޭގެ ފަރާތުން ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށެވެ.
މީގެ އިތުރުން ޔޫރަޕިއަން ޔޫނިއަން އަށް މަސް އެކްސްޕޯޓްކުރާ ޤައުމުތަކުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަވަމުންދާ މިންވަރާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.
އެގޮތުން އެ ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ މިއަދާއި މާދަމާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް