ހިމަބިހި ކޭސްތައް އިތުރުވަމުންދާއިރު 16000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފި

މި އަހަރު ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ 243 އަށް އެރިއިރު އެ ބައްޔާ ދެކޮޅަށް ކުރިއަށް ގެންދާ ވެކްސިނޭޝަން ޕްރޮގްރާމުގެ ތެރެއިން 16045 މީހަކަށް ވެކްސިން ދީފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން...

25 Aug 2026 | 17:09
N/A

N/A

މި އަހަރު ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ 243 އަށް އެރިއިރު އެ ބައްޔާ ދެކޮޅަށް ކުރިއަށް ގެންދާ ވެކްސިނޭޝަން ޕްރޮގްރާމުގެ ތެރެއިން 16045 މީހަކަށް ވެކްސިން ދީފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.

ހިމަބިހި އައުޓްބްރޭކާ ގުޅޭ ގޮތުން އެޗްޕީއޭއިން ކޮންމެ ހަފްތާއަކު ސޯޝަލް މީޑިއާގައި ހާމަކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވި ހަފްތާގައި އެކަނިވެސް 17 މީހެއްގެ ގައިން އެ ބަލި ފެނިފައިވެއެވެ. އޭގެ ކުރީ ހަފްތާގައި ބަލި ޖެހުނީ 10 މީހަކަށެވެ.

ޑަބްލިއުއެޗްއޯއިން 2017 ވަނަ އަހަރު ރާއްޖެއިން ހިމަބިހި ނައްތައިލެވިފައިވާ ކަމަށް ކަނޑައެޅި ފަހުން ބިދޭސީންގެ ތެރެއިން ދޭތެރެދޭތެރެއިން އެ ބަލި ފެންނަމުން ދިޔައެވެ. ނަމަވެސް މި ފަހަރުގެ ހާލަތު ސީރިއަސް ވެގެން ދިޔައީ ދިވެހިންގެ މެދުގައި ބަލި ފެތުރެން ފެށުމުންނެވެ. ބަލި ފެތުރެމުންދާތާ މިހާރު ދެ މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެކްސިނޭޝަން ޕްރޮގްރާމެއް މިދިޔަ މަހު ފެށީއެވެ.

ބައްޔާ ގުޅިގެން އެޗްޕީއޭއިން ވަނީ ރައްޔިތުންނަށް އިލްތިމާސްތަކެއް ކޮށްފައެވެ. އެ ގޮތުން ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނެގޭ ނަމަ ލަސްނުކޮށް ހޮސްޕިޓަލަށް ދިއުމަށާއި ދާއިރު މާސްކު އެޅުމަށާއި އާންމު ދަތުރުފަތުރު ބޭނުންނުކުރުމަށް އެ އެޖެންސީން އިރުޝާދު ދީފައިވެއެވެ. ހަމައެއާ އެކު ހިމަބިއްސަށް ޝައްކުކުރެވިގެން ޓެސްޓު ހަދައިފި ނަމަ ނަތީޖާ ލިބެންދެން އެކަހެރިވެ ތިބުމަށާއި ބަލީގެ އަލާމާތެއް ހުރިނަމަ ގިނަ މީހުން އެއްވާ ތަންތަނަށް ނުދިއުމަށްވެސް އެޗްޕީއޭއިން ނަސޭހަތްތެރިވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް