ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތެރެއަށް އެހެން މީހެއްގެ ފާސް ބޭނުންކޮށްގެން ވަންނަން އުޅުނު އިންޑިއާ ރައްޔިތަކު ހައްޔަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތެރެއަށް، އެހެން މީހަކަށް ދޫކޮށްފައިވާ އެކްސެސް ކޮންޓްރޯލް ފާހެއް ބޭނުންކޮށްގެން ހުއްދަނެތި ވަންނަން އުޅުނު ބިދޭސީއަކު 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކ...

25 Aug 2026 | 14:35
N/A

N/A

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތެރެއަށް، އެހެން މީހަކަށް ދޫކޮށްފައިވާ އެކްސެސް ކޮންޓްރޯލް ފާހެއް ބޭނުންކޮށްގެން ހުއްދަނެތި ވަންނަން އުޅުނު ބިދޭސީއަކު 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.

ބަންދުކުރީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ 45 އަހަރުގެ ސަންޖީވާ ރެއްޑީ ޔެލްމާއެވެ. މީނާގެ މައްޗަށް ތުހުމަތު ކުރެވެނީ ހުއްދަނެތި ތަނަކަށް ވަންނަން އުޅުމުގެ މައްސަލައެއް ކަމަށާއި، ބަންދުގެ އަމުރަށް އެދިފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަމަށް ބަންދު އަމުރުން އެނގެއެވެ.

ފުލުހުން ފާހަގަކޮށްފައިވާ ގޮތުގައި މީނާ އުޅުނީ އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން އެހެން މީހަކަށް ދޫކޮށްފައިވާ އެކްސެސް ކޮންޓްރޯލް ފާހެއް ބޭނުންކޮށްގެން، އެއާޕޯޓުގެ އީސްޓަން ފަޅީގެ ނަންބަރު 51 އިން އެއާޕޯޓު ތެރެއަށް ވަންނާށެވެ.

ނަމަވެސް ތުހުމަތު ކުރެވޭ ފަރާތުން ބުނެފައިވަނީ އޭނާ ބޭނުންކުރި ފާހަކީ އޭނާގެ ބޮސް އޭނާގެ އަތަށް ދީފައިވާ ފާހެއް ކަމަށެވެ.

ބަންދު އަމުރުގައި ހެކީގެ ގޮތުގައި ފާހަގަކޮށްފައިވަނީ އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ އޮފިސަރު ތަޙްޤީޤަށް ދީފައިވާ ބަޔާންތަކާއި، ތުހުމަތު ކުރެވޭ ފަރާތުން ބޭނުންކުރި ކަމަށް ބުނާ ފާހުގެ ފޮޓޯއާއި، އެ ފާސް ދޫކޮށްފައިވާ ފަރާތުގެ ޕާސްޕޯޓް ކޮޕީއެވެ.

މީގެ އިތުރުން، ފާސް ދޫކޮށްފައިވާ ފަރާތަކީ ވޯކް ވިސާ ކެންސަލްކޮށްފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުމާއި، ތުހުމަތު ކުރެވޭ ފަރާތުގެ ޕާސްޕޯޓް ކޮޕީއާއި އެމްޕްލޯއިމަންޓް އެޕްރޫވަލް ލިޔުން ވެސް ހެކީގެ ގޮތުގައި ހިމަނާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް