ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ސިންގަޕޫރާއި ނިއުދިއްލީ އަދި ލ ކައްދުއާއި ޅ ފެލިވަރު އަދި ނުވަ ރިސޯޓެއް ހިމެނޭގޮތަށް 13 ފޮއްޓެއް ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވާކަން އިލެކްޝަންސުން ހާމަކޮށްފައިވަނީ މިއަދު ކޮށްފައިވާ ތިން އިއުލާނެއްގައިއެވެ.
އެ އިއުލާނުތަކުގައި ބުނެފައިވާގޮތުގައި އެ ފޮށިތައް ނުބަހައްޓަން ނިންމީ ބޭރުގެ ފޮށިތަކަށް މަދުގެވެން 200 އަދި ސިނާއީ މަސައްކަތްކުރާ ފެލިވަރާއި ކައްދޫގައްޔާއި ނުވަ ރިސޯޓުގައި މަދުވެގެން 100 މީހުން ރަޖިސްޓްރީކޮށްފައިނުވާތީއެވެ.
އެ ވޯޓުފޮށިތަކަށް ރީ-ރަޖިސްޓަރީ ވެފައިވާ މީހުން އެމީހަކު ރަޖިސްޓަރީ ވެފައިވާތަން ނޫން އެހެންތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް ބޭނުންވާނަމަ، 2018 އޮގަސްޓް 27 އިން 2018 އޮގަސްޓް 29 އަށް ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ހަވީރު 06:00 އަށް ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމުގައިވެސް އިލެކްޝަންސްގެ އިއުލާނުތަކުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް