މެންބަރު ރިޔާޒުގެ ގެ ބަލާ ފާސްކޮށް ފޯނު އަތުލައިފި

ކިނބިދޫ ދާއިރާގެ މެންބަރު އަބްދު ރިޔާޒު ދިރިއުޅުއްވާ ގެ ބަލާ ފާސްކުރުމަށް ފހުަ، ފޯނު އަތުލައިފި އެވެ. ފުލުހުން ރޭ އެގެއަށް ގޮސްފައިވަނީ ދެ އަމުރެއް ހިފައިގެންނެވެ. ރިޔާޒު ދިރިއުޅުއްވާ ގެ ބަލާ ފާސްކުރަ...

25 Aug 2017 | 02:37

ކިނބިދޫ ދާއިރާގެ މެންބަރު އަބްދު ރިޔާޒު ދިރިއުޅުއްވާ ގެ ބަލާ ފާސްކުރުމަށް ފހުަ، ފޯނު އަތުލައިފި އެވެ.

ފުލުހުން ރޭ އެގެއަށް ގޮސްފައިވަނީ ދެ އަމުރެއް ހިފައިގެންނެވެ.

ރިޔާޒު ދިރިއުޅުއްވާ ގެ ބަލާ ފާސްކުރަނީ ހަގީގަތާ ހިލާފް ދޮގު ވާހަކަ ފަތުރައި ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދައި ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ބަދުނާމުކޮށް ހަގީގަތާ ހިލާފް ދޮގު ވާހަކަ މީޑިއާތަކާއި ސޯޝަލް މީޑިއާގައި ފަތުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކަމަށެވެ. މިކަމަށް ތުހުމަތުކުރެވޭ ހެއްކަކީ ފުލުހުންގެ ފަރާތުން މައުލޫމާތު ހޯދަން ކޮށްފައިވާ މެސެޖުތަކުގެ ކޮޕީ ކަމަށް އެ އަމުރުގައި ބުނެފައިވެ އެވެ. އަދި އެ ގޭގައި ހުރި، ރިޔާޒް ބޭނުންކުރައްވާ ލެޕްޓޮޕްތަކާއި ޓެބްލެޓާއި އެ ނޫން ވެސް މައުލޫމާތު ރައްކާކުރާ އިލެކްޓްރޯނިކް ވަސީލަތްތައް ފާސްކުރުމަށް އަމުރުގައިވެ އެވެ.

ހަމަ މި ތުހުމަތަށް ރިޔާޒްގެ ފޯނާއި ސިމް ކާޑުތަކާއި ޕިން ކޯޑް އަދި ފިންގަޕްރިންޓް ފަދަ މައުލޫމާތު ދިނުމަށް ކޮށްފައިވާ އަމުރުގައި، ރިޔާޒްގެ ފޯނު 30 ދުވަހުގެ މުއްދަތަކަށް ހިފެހެއްޓުމަށް އަމުރު ދީފައިވެ އެވެ.

ފުލުހުންގެ ތަހުގީގަކަށް ރިޔާޒްގެ ފޯނު އަތުލައި އެ ފޯނު ހުޅުވައިދޭން އެންގުމުން އެކަން ނުކުރި ކަމަށް ބުނެ މީގެ ކުރިން ރިޔާޒްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް