ވިސާ އާއި ނުލައި މިއަދުން ފެށިގެން ރަޝިއާ އަށް ދެވޭނެ

ވިސާ އާއި ނުލައި ދިވެހިންނަށް ރަޝިއާ އަށް ދެވޭނެ ގޮތް ސަރުކާރުން ހަމަޖައްސައިފިއެވެ. ރަޝިއާ އާއި ރާއްޖެ އާއި ދެމެދު އެކުލަވާލި އެއްބަސްވުމުގައި ވާގޮތުން، ދެ ގައުމުގެ މީހުންނަށް ވެސް 90 ދުވަހުގެ އޮން އ...

25 Jul 2019 | 10:28

ވިސާ އާއި ނުލައި ދިވެހިންނަށް ރަޝިއާ އަށް ދެވޭނެ ގޮތް ސަރުކާރުން ހަމަޖައްސައިފިއެވެ.

ރަޝިއާ އާއި ރާއްޖެ އާއި ދެމެދު އެކުލަވާލި އެއްބަސްވުމުގައި ވާގޮތުން، ދެ ގައުމުގެ މީހުންނަށް ވެސް 90 ދުވަހުގެ އޮން އެރިވަލް ވިސާ ލިބޭނެއެވެ.

މި އެއްބަސްވުމުގައި މިދިޔަ މަހު ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމަށް އަމަލުކުރަން ފަށާފައި މިވަނީ މިއަދުއެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ޚާރިޖީ ވަޒީރު، އަބްދުﷲ ޝާހިދެވެ. ރަޝިއާގެ ފަރާތުން ސޮއި ކުރެއްވީ އެގައުމުގެ ޚާރިޖީ ވަޒީރު، ސާގޭ ލަވްރޮވް އެވެ.

ވިސާ އާއި ނުލައި ދިވެހިންނަށް ރަޝިޔާއަށް ދެވޭނެ ގޮތް ހަމަޖެހިގެން ދިޔައިރު، މި ސަރުކާރު ވެރިކަމަށް އައި ފަހުން ގައުމުތަކާއި އެކު އޮންނަ ޚާރިޖީ ގުޅުން ރަނގަޅު ކުރަމުން އަންނަ ކަމުގައި ފާހަގަކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް