އިޓަލީގެ ޑައިވަރުން ހޯދުމުގައި ހަރަކާތްތެރިވި ފުލުހުންނާ ވަޒީރު ބައްދަލުކުރައްވައިފި

ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައަށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންގެ ޑައިވަރުންނާ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވ...

25 May 2026 | 06:43
N/A

N/A

ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައަށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންގެ ޑައިވަރުންނާ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ބައްދަލުކުރައްވައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުން ބާއްވާފައި ވަނީ އިއްޔެ ކޮމިޝަނަރގެ އޮފީހުގައެވެ. މީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވަޒީރު އިޙްސާން އާއި ކޮމިޝަނަރ ވަނީ ސާޗް އޮޕަރޭޝަންގައި ފުލުހުން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވައި، އެ މަސައްކަތުގައި ދެއްކެވި ހިތްވަރަށް ސާބަސް ދެއްވައިފައެވެ. އަދި ޢާންމު ރައްޔިތުންނަށް ޚިދުމަތް ކުރުމާއި ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރުމުގައި ސާބިތުކަމާ އެކު ދެމިތިބުމަށް ހިތްވަރު ދެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް