ރާއްޖެ އާއި މިޞްރާ ދެމެދު ސަލާމަތީ އެއްބަސްވުމެއްގައި ސޮއިކޮށްފި

ދާޚިލީ ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ދިވެހިރާއްޖެ އާއި މިޞްރާ ދެމެދު އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުން ގުޅިގެން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއ...

25 May 2026 | 06:26
N/A

N/A

ދާޚިލީ ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ދިވެހިރާއްޖެ އާއި މިޞްރާ ދެމެދު އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުން ގުޅިގެން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ފުލުހުންގެ ވަސީލަތްތައް ހިއްސާކުރުމާއި، އިންޓެލިޖެންސް މަޢުލޫމާތު ބަދަލުކުރުން ހިމެނެއެވެ. މީގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި ތަޖުރިބާ ހިއްސާކުރުމުގެ ފުރުޞަތު ވެސް މި އެއްބަސްވުމުން ފަހިވެގެންދާނެއެވެ.

ރާއްޖެ އާއި މިޞްރާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރީ 1969 ވަނަ އަހަރުއެވެ. ރާއްޖެ ބަލައިގަތް ފުރަތަމަ ޢަރަބި އަދި އިސްލާމީ ޤައުމަކީ ވެސް މިޞްރެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް މިޞްރަށް ވަޑައިގެން، ދެ ޤައުމުގެ ޚާރިޖީ ވުޒާރާ ދެމެދު ސިޔާސީ މަޝްވަރާތަކުގެ އެމްއޯޔޫއެއްގައި ވެސް ސޮއިކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް