ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ. މިއީ ރަ...

25 May 2026 | 06:16
ރައީސް ކުރިން ބޭރަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ރައީސް ކުރިން ބޭރަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

މިއީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ސިންގަޕޫރަށް ކުރައްވާ ހަ ވަނަ ދަތުރުފުޅެވެ.

އެ މަނިކުފާނު އެންމެ ފަހުން ސިންގަޕޫރަށް ރަސްމީ ދަތުރުފުޅެއް ކުރެއްވީ މިދިޔަ އަހަރުގެ ޖޫން 30 އިން ޖުލައި ދެއަކަށް، ސިންގަޕޫރުގެ ރައީސް ތާމަން ޝަންމުގަރަޓްނަމްގެ ދައުވަތަކަށެވެ.

އެ ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް