ހަމަލާ ދީފާނެ ކަމުގެ ބިރަށް ލަންކާގެ މިސްކިތްތަކުގައި މާދަމާ ހުކުރު ނަމާދު ނުކުރަން ނިންމައިފިއެވެ.
ލަންކާގެ މިނިސްޓަރ އޮފް ޕޯސްޓަލް ސާވިސެސް އެންޑް މުސްލިމް ރިލިޖިއަސް އެފައަރސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިފަދަ ވަގުތެއްގައި އެއްވެ އުޅުމަކީ އެންމެ އެދެވޭ ގޮތް ކަމުގައި ނުވާތީވެ މާދަމާ ހުކުރު ނަމާދު ގޭގައި ތިބެ ކުރުމަށް އިލްތިމާސްކުރާކަމުގައެވެ.
މާދަމާގެ ހުކުރު ނަމާދާއި ދިމާކޮށް ބަދަލު ހިފުމަށް ހަމަލާއެއް ދޭނެ ކަމުގެ އިންޓެލިޖެންސް ރިޕޯޓެއް މިއަދު ވަނީ އާންމުވެފައެވެ. އެހެންކަމުން ލަންކާގެ މުސްލިމުން އެއް ޖަމާއަތެއްގައި މާދަން ހުކުރު ނަމާދު ނުކުރަން ވަނީ ލަންކާ ސަރުކާރުން ނިންމައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް