ވަޒީފާއާއި ބެހޭ ޓްރިބިއުނަލްއަށް ތިން މެމްބަރުން އައްޔަން ކޮއްފި

ވަޒީފާއާބެހޭ ޓްރިބިއުނަލްގެ ފުލްޓައިމް މެންބަރުކަމަށް ތިން ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ. މި ތިން ބޭފުޅުން އައްޔަން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެވެ. އެގޮތުން ވަޒީފ...

25 Mar 2019 | 11:33

ވަޒީފާއާބެހޭ ޓްރިބިއުނަލްގެ ފުލްޓައިމް މެންބަރުކަމަށް ތިން ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

މި ތިން ބޭފުޅުން އައްޔަން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެވެ.

އެގޮތުން ވަޒީފާއާބެހޭ ޓްރިބިއުނަލްގެ ފުލްޓައިމް މެމްބަރުކަމަށް މިއަދު އައްޔަން ކުރެއްވީ އަލްއުސްތާޒާ އާމިނަތު ޢަބްދުﷲ ޒުހައިރު އާއި، އަލްއުސްތާޛާ ފާޠިމަތު މަހީރާ މުޙައްމަދު އަދި އަލްއުސްތާޛު ޢަބްދުﷲ މިފްރާޒް ނިޒާރު އެވެ.

ފުލްޓައިމް މެމްބަރުކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން މި ތިން ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އަދި މިރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު އަޙްމަދު ހައިލަމްގެ ކުރިފުޅުމަތީގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ކުރެއްވުން އޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް