ވިލިމާލެ ހޮސްޕިޓަލުން މުއްދަތު ހަމަވެފައިހުރި ވެކްސިން އެއް ޖަހައިފި

ވިލިމާލޭ ހޮސްޕިޓަލުން ކުދިންތަކެއް ގަޔަށް މުއްދަތުހަމަވެފައި ހުރި ވެކްސިން ޖަހައިފިއެވެ. ވިލިމާލޭ ހޮސްޕިޓަލުން ވެކްސިންޖެހި ކުއްޖެއްގެ ބެލެނިވެރިއެއް ބުނެފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރ...

25 Mar 2019 | 11:14

ވިލިމާލޭ ހޮސްޕިޓަލުން ކުދިންތަކެއް ގަޔަށް މުއްދަތުހަމަވެފައި ހުރި ވެކްސިން ޖަހައިފިއެވެ.

ވިލިމާލޭ ހޮސްޕިޓަލުން ވެކްސިންޖެހި ކުއްޖެއްގެ ބެލެނިވެރިއެއް ބުނެފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި ވެކްސިން ޖެހި ގިނަ އަދަދެއްގެ ކުދިންގެ ބެލެނިވެރިން ގެންގޮސް، މުއްދަތު ހަމަވެފައި ހުރި ވެކްސިންއެއް ޖެހުނުކަން  ހޮސްޕިޓަލުން ވަނީ އަނގާފައެވެ.

އޭގެން ގެއްލުމެއް ނުވާނެ ކަމަށް ކުޑަކުދިންގެ ޑޮކްޓަރަކު ބުނި ނަމަވެސް، މުއްދަތު ހަމަވެފަ ހުރި ވެކްސިން ޖެހިފަހުން ދަރިފުޅުގެ އުޅުމަށް ބަދަލު އައިކަން ފާހަގަ ވި ކަމަށް ބެލެނިވެރިއަކު ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

އެސްޓީއޯގެ ބެޗުގައި ހުރި ހުރިހާ ވެކްސިނެއް މުއްދަތު ހަމަވެފައިވާކަމަށް ވިލިމާލޭ ހޮސްޕިޓަލުގައި އޮތް ބައްދަލުވުމެއްގައި ބުނެފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި މިހާރު ވަނީ ރަނގަޅު ވެކްސިން ޖަހާފައި ކަމަށާއި، މުއްދަތު ހަމަވެފައިވަނިކޮއް ކުދިންގެ ގަޔައް ޖަހާފައިވަނީ  އެމްއެމްއާރު ވެކްސިންގެ ބެޗެއް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް