ޖެނުއަރީ 10، 2020 ގައި ނެރުމަށް ތައްޔާރުވަމުންދާ ފިލްމް "ޗަޕާކް" އިން ދިޕިކާ ޕަދުކޯންގެ ފުރަތަމަ ފެނިލުން ޕޯސްޓަރަކުން ދައްކާލައިފިއެވެ.
މި ޕޯސްޓަރުން ފެންނަނީ އެސިޑް އެޓޭކް ސާވައިވާއެއްގެ މިރޯ އިމޭޖްއެކެވެ. މި ޕޯސްޓަރުގައި ކޮށްފައިވާ ދިޕިކާގެ މޭކަޕަށް އެތައް ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.
މި ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް މެގްނާ ގުލްޒާރު ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމްގެ ކޯ ޕްރޮޑިއުސަރަކީ ދިޕިކާއެވެ.
މި ފިލްމަކީ އެސިޑް އެޓޭކްއިން ސަލާމަތްވެފައިވާ ލަކްޝްމީ އަގަރްވާލްގެ މައްޗަށް ހަދާ ފިލްމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް