ބޭރު މަސްބޯޓެއްގައި މާރާމާރީ ހިންގުމުން ދިވެހި ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

ބޭރު ކަނޑުން ދަތުރުކުރި ބޭރު ގައުމެއްގެ މަސްބޯޓެއްގައި މާރާމާރީއެއް ހިނގުމުން ދިވެހި ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެ...

25 Feb 2019 | 15:23

ބޭރު ކަނޑުން ދަތުރުކުރި ބޭރު ގައުމެއްގެ މަސްބޯޓެއްގައި މާރާމާރީއެއް ހިނގުމުން ދިވެހި ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ބޭރު ކަނޑުން ދަތުރުކުރަމުންދިޔަ ރާއްޖެއިން ބޭރު މަސްބޯޓެއްގައި ހިންގި މާރާމާރީއެއްގައި އަނިޔާ ލިބިގެން ދެ މީހަކު އައްޑޫ ސިޓީ ހިތަދޫ ހޮސްޕިޓަލަށް މިރޭ 07:15 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިންގެ އެހީތެރިކަމާއެކު ގެންގޮސްދީފައިވާ ކަމަށެވެ.

ޒަހަމްވެފައިވާ ދެމީހުންނަކީވެސް އިންޑޮނޭޝިޔާ ދެމީހަކު ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ މި ހާދިސާ ހިނގި އިރު މި މަސްބޯޓު އޮތީ ރާއްޖެއާއި 760 މޭލު ބޭރުގައި ކަމަށެވެ. އެމަޖެންސީގައި ފަރުވާ އަށް ކަމާ ބެހޭ ގުޅުންހުރި އިދާރާތަކުގެ ހުއްދައާއެކު ރާއްޖެ ސަރަހައްދަށް ކާރިކޮށް އެމްއެންޑީއެފް ކޯސްޓްގާޑު ލޯންޗު ބޯޓު އޮތް ސަރަހައްދަށް ގޮސް ދެމީހުން އައްޑޫ ސިޓީއަށް ގެނެސްދިނީ ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ. އަދި މި ހާދިސާގެ ރިޕޯޓް ކޯސްޓްގާޑަށް ލިބިފައިވަނީ މިދިޔަ ބުދަ ދުވަހު ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.

ތަފްސީލް އަންނަނީ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް