ވޯޓާސް ލިސްޓަށް މިހާތަނަށް ހުށަހެޅީ 41 ޝަކުވާ: އިލެކްޝަންސް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިިންތިހާބުގެ ވޯޓާސް ލިސްޓަށް މިހާތަނަށް ހުށަހެޅީ41 ޝަކުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. އެ ދެ އިނ...

25 Jan 2020 | 15:41

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިިންތިހާބުގެ ވޯޓާސް ލިސްޓަށް މިހާތަނަށް ހުށަހެޅީ41 ޝަކުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ދެ އިންތިހާބުގެ ވަގުތީ ވޯޓާސް ލިސްޓު އާންމު ކުރީ މިދިޔަ ހޯމަ ދުވަހު އެވެ. މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މިމަހުގެ31 ގައި އެވެ.

އީސީން ބުނީ އެންމެ ގިނަ މައްސަލަ ހުށަހަޅަފައިވަނީ ރަޖިސްޓްރީ ބަދަލުވެގެންނާއި މަރުވެފައިވާ މީހުންގެ ނަން ލިސްޓުގައި ހުރުމުންނެވެ. އެގޮތުން22 މައްސަލައެއް ރަޖިސްޓްރީ ބަދަލުވެގެން ހުށަހަޅާފައިވާއިރު15 ޝަކުވާއަކީ މަރުވެފައިވާ މީހުން ލިސްޓުގައި ހުރެގެން ހުށަހެޅި ޝަކުވާ އެވެ.

އެ ކޮމިޝަނުން ބުނީ މުއްދަތު ހަމަވުމުން ހުށަހެޅިފައިވާ ޝަކުވާތައް ބަލައި ލިސްޓު އިސްލާހު ކުރާނެ ކަމަށެވެ.

މިފަހަރުގެ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އަންނަ މަހުގެ ހަތަރުވަނަ ދުވަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އީސީން ބުނީ ފޯމް ހުށަހެޅުމަށް14 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ.

އޭޕްރިލް ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި980 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް