ބ. އަތޮޅުގައި ހިންގާ ޑްރީމް ލޭންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ.
ފުލުހުން ބުނީ އެކަމުގެ ރިޕޯޓު ކޮށްފައިވަނީ މިއަދު މެންދުރު ފަހު ކަމަށެވެ. މިހާދިސާގައި މަރުވެފައިވަނީ އުމުރުން 67 އަހަރުގެ ޗައިނާ ފިރިހެނެކެވެ.
އޭނާ މޫދަން އެރި އުޅެނިކޮށް ގެނބުމުން ގެންގޮސްފައިވަނީ އެ އަތޮޅު ދަރަވަންދޫ ހެލްތުް ސެންޓަރަށެވެ. އޭރުވެސް އެމީހާ މަރުވެފައިވާ ކަމަށްވެ އެވެ.
މިހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މިދިޔަ ހަފްތާގައިވެސް އުމުރުން71 އަހަރުގެ އަންހެން ފަތުރުވެރިޔަކު ވަނީ ޑައިވިނަށް ފައިބައިގެން އުޅެނިކޮށް މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް