ބޮލީވުޑަށް ތައާރަފުވުމުގެ ކުރިން ސާރާ އަލީ ހާން ހުންނަ ގޮތް ދެކުނިންތަ؟

ސައިފް އަލީ ހާންގެ އަންހެން ދަރިފުޅު ސާރާ އަލީ ހާން އަކީ މިހާރު ބޮލީވުޑްގައި ފިޔަޖަހައި އަރަމުން އަންނަ ބަތަލާ އެކެވެ. ރީތި ހަށިގަނޑެއްގެ ވެރި ސާރާ މިހާތަނަށް ކުޅުނު ހުރިހާ ފިލްމެއްހެން ވަރަށް ކާމިޔާބ...

25 Jan 2020 | 03:09

ސައިފް އަލީ ހާންގެ އަންހެން ދަރިފުޅު ސާރާ އަލީ ހާން އަކީ މިހާރު ބޮލީވުޑްގައި ފިޔަޖަހައި އަރަމުން އަންނަ ބަތަލާ އެކެވެ.

ރީތި ހަށިގަނޑެއްގެ ވެރި ސާރާ މިހާތަނަށް ކުޅުނު ހުރިހާ ފިލްމެއްހެން ވަރަށް ކާމިޔާބެވެ. އޭނާ ބޮލީވުޑަށް ތައާރަފުވީ2018ވަނަ އަހަރު ރިލީޒް ކުރި "ކޭދަރްނާތް" އިންނެވެ.

އެ ފިލްމު ކުޅެން އެއްބަސްވުމުގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ސާރާގެ ހަށިގަނޑު ބޮލީވުޑަށް ފިޓު ކުރުމުގެ މަސައްކަތް ފެށި ވާހަކަ ފެތުރުނު ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަމަކު އޭނާގެ ހަށިގަނޑު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެހާ ބޮޑަށް ހިއްކާލާނޭކޭ އެކަކުވެސް ހިތަކަށް ނާރަ އެވެ.

ސާރާ ވަނީ އޭނާ ބޮލީވުޑަށް ތައާރަފު ނުވާއިރު ހުރި ގޮތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ހިއްސާކޮށްފައި އެވެ. އެ ފޮޓޯއިން ފެންނަ ސާރާ ފަލަކަމުން ބައެއް ބޮލީވުޑް ތަރިންވެސް ވަނީ ކޮމެންޓުކޮށް ހައިރާންވި ކަމަށް ބުނެފަ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ސާރާ މިހާރު ހުރި ވަރަށް ހިކުމުގެ ކުރިން އޭނާގެ ބަރުދަނުގައި96 ކިލޯގްރާމް ހުއްޓެވެ.

ޔުނިވާސިޓީގައި ތައުލީމް ހާސިލް ކުރި ދުވަސްވަރު އޭނާއަށް މީހުން މުހާތަބުކޮށް ހަދަނީވެސް "ޗަބީ" ގެ ނަމުން ކަމަށްވެ އެވެ. އަދި މާބޮޑަށް ބަރުދަން އިތުރުވުމުގެ ސަބަބުން ސިއްހީ މައްސަލަތަކަކާއިވެސް ކުރިމަތިލާން ޖެހުނު ކަމަށް ސާރާ ވަރަށް ފަހުން އިންޓަވިއުއެއްގައިވެސް ބުނެފައިވެ އެވެ.

އެކަމަކު އޭނާ ދޮޅު އަހަރުތެރޭ އެހާ ބޮޑު ބަދަލެއް ހަށިގަނޑަށް ގެންނަން ކުރި މަސައްކަތުގެ ތަފްސީލް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް