ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހް ލ.އަތޮޅަށް ވަޑައިގެންފިއެވެ. އެމަނިކުފާނު ލ. ކައްދުއަށް ވަޑަައިގެންނެވުމުން އެމަނިކުފާނަށް ލ. އަތޮޅުން ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ.
އެމަނިކުފާނު ލ.އަތޮޅަށް ވަޑައިގެންފައިވަނީ މިއަދު 14:50 ވީހާއިރުއެވެ. ރައީސް ސޯލިހް ލ.އަތޮޅަށް ވަޑައިގަތުމާއެކު އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ގަން ފޮނަދޫއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ ކައްދާ އެއަރޕޯޓު ސަރަހައްދަށް ޖަމާވެފައެވެ.
ރައީސްގެ ދެކަނބަލުން މިއަދު ލ.އަތޮޅަށް ވަޑައިގެންފައި މިވަނީ ޓީއެފްޖީ އިން ލ.އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި ބޭއްވުމަށް ނިންމާފައިވާ ދުވުމުގެ ހަރަކާތް، " ކޮކާ ކޯލަ ރަން އިން ލާމު" ގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްއާއި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނަބަލުން ފަޒަނާ އާއި، ޔޫތް މިނިސްޓަރ މަޙުލޫފު ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް ސޯލިހް ދުވެ ވަޑައިގަންނަވަނީ ފަސް ކިލޯމީޓަރު ދުވުމުގައި ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. ކޮކާ ކޯލާ ރަން އިން ލާމުގެ ފަސް ކިލޯމީޓަރު ދުވުން ފަށަން ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 8:00 ގައެވެ.
ޓީއެފްޖީއިން ވަނީ މިދިޔަ 2018 ވަނަ އަހަރުވެސް ކޮކާ ކޯލަ ރަން އިން ލާމު ދުވުން ބާއްވާފައެވެ. މިއަހަރުގެ ދުވުމުގައި ޖުމްލަ 800 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވެއެވެ. އޭގެތެރޭގައި އިންޓަނޭޝަނަލް ދެ ދުވުންތެރިން ތިބިކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް